އެމްޕީ ސައުދު ކުދިކޮށް ކޮށާލާނެކަމަށް ބުނެފި - އިބޫ އަށް ހަމަލާދޭން މަސައްކަތްކޮށްފި- ވީކޮންކަމެއް؟

އެމްޕީ ސައުދު ކުދިކޮށް ކޮށާލާނެކަމަށް ބުނެފި - އިބޫ އަށް ހަމަލާދޭން މަސައްކަތްކޮށްފި- ވީކޮންކަމެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ވިލިނިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ކުދިކުދިކޮށް ކޮށާލާނެ ކަމަށް ވަނީ ބުނެފައެވެ. ސައުދު ކުދިކުދިކޮށް ކޮށާލާނެ ކަމަށް ބުނީ ޕީޕީއެމުން ވިލިގިލީގައި ބޭއްވި އެޕާޓީގެ ރަސްމީ ބައްދަލުވުމެއްގައި ލައިވްކުރުމުގެ އިތުރުން ފުލުހުންނަށް އަޑުއިއްވައެވެ.

ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އިއްޔެ ހުޅުމާލެއަށް ވަޑައިގަތުމުން ޕީޕީއެމްގެ ބައްދަލުވުންތަކުން ފެންނަ ބައަކު ވަނީ އިބޫއަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ.

އިބޫއަށް ހަލާދޭން މަސައްކަތްކުރި މީހުންގެ ތެރޭގައި ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެޗްޑީސީގެ މުވައްޒިފުން ހިމެނޭކަމަށްބުނެ އެކަމުގެ ހެކިތައް ވެސް އިއްޔެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އައިޑީ ކާޑުގެ މައުލޫމާތާއި ދިރިއުޅޭ އެޑްރެސް ވެސް ވަނީ ހާމަކޮށްފައެވެ.

ޓެރަރިޒަމުގެ މިފަދަ އަމަލުތައް ތަކުރާރުކުރަމުން ގެންދާއިރުވެސް މިއިން އެއްވެސް ކަމަކާއި ގުޅިގެން އެޅުނު ޤާނޫނީ އެއްވެސް ފިޔަވަޅެއް އަދި މިހައިތަނަށް އެނގެން ނެތްކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް