ނުވިރެން އަމުރު ކުރުމަށްފަހު ދަގަނޑުވެސް ދޮންކުރީމާ ހަމަ ވިރޭނެކަމާ ދިޔާވާނެކަން ޚުޠުބާ ލިޔާ ބައަކަށް އެނގެންޖެހޭ!

ނުވިރެން އަމުރު ކުރުމަށްފަހު ދަގަނޑުވެސް ދޮންކުރީމާ ހަމަ ވިރޭނެކަމާ ދިޔާވާނެކަން ޚުޠުބާ ލިޔާ ބައަކަށް އެނގެންޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

އެންމެ ހަރު އެއް މައުދަނަކީ ދަގަނޑެވެ. ނުވިރެން ކިތަންމެ ވަރަކަށް އަމުރުކޮށްފައި ނަމަވެސް ދޮންކުރުމުން ދަނގަނޑުވެސް ވިރެއެވެ. ހަރުކަންކެނޑި ދިޔާވެގެންދެއެވެ.

ކަންމިހެން އޮތް އިރު އަދުލުވެރިކަން ނެތް މުޖުތަމައުއެއްގައި އެއްބައިވަންތަވާން، ކިޔަމަންތެރިވާން ކިތަންމެ ގިނައިން އެންގި ނަމަވެސް އެ މުޖުތަމައުއަކުން އެކަން ބަލައިގަތުމަކީ ކުރާނެ ކަމެއް ނޫނެވެ.

ކީރިތި ޤްރްއާނަށް ބެލި ނަމަވެސް ﷲ ތަޢާލާ ވަނީ އަދުލުވެރިިވުމަށާއި އަދި އިޙްޞާންތެރިވުމަށް ވެސް ވަޙީކުރައްވަވައިފައެވެ. އަދުލުވެރިވުމަކީ އިސްލާމް ދީނުގެ އެންމެ މުހިންމު އަސާސްއެވެ. އެހެންކަމުން އަދުލުވެރިކަމާއި ނުލައި އިސްލާމް ދީން ފުރިހަމަ ނުވާނެކަން އެނގިގެންދެއެވެ.

ކޯޓުތަކުން ނިންމާ ބައެއް މައްސަލަތައް ބަލައިގެންފައި އަނެއްބައި މައްސަލަތައް ބަލައި ނުގަންނަނީ ބައެއްގެ ޒާތީ ކަމުން ކަމަށް ބުނި ނަމަވެސް އެކަން ޤަބޫލެއް ނުކުރެވެއެވެ. މުދައު ބަހުމުގެ މައްސަލަތައް ބަލައިގެންފައި ސިޔާސީ މައްސަލަތައް ބަލައި ނުގަންނަ ސަބަބާއިމެދު ސުވާލުކުރުމަށް އެއްވެސް ފުރުޞަތެއްވެސް ނެތެވެ.

ތަރިކައިގެ ބައެއް މައްސަލަތަކަށް ގޮތެއް ނުނިމި ދިގުލަމުން ގޮސް އެތައް އަހަރެއްވެސް އެބަވެއެވެ. ނަމަވެސް ރޭގަނޑު ދަންވަރު ކޯޓުތައް ހުޅުވައި އެފަދަ މައްސަލަތައް ނިންމާތަނެއް ނުފެނެއެވެ. ނަމަވެސް ސިޔާސީ ލީޑަރެއްގެ މައްޗަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ފެންނަނީ ކޯޓުތަކުގައި ރެވިތެޔޮ ލެވިގެން އުޅޭތަނެވެ. ކިނބިހި އެޅޭތީ ނޭވާ ނުލެވިގެން އުޅޭހެން އެ މައްސަލައެއް ނުނިމިގެން އުޅޭތަނެވެ.

ސިޔާސީ ލީޑަރުންެގެ ނުވަތަ ސަރުކާރު އެމީހަކު ދެކެ ރުޅި އަންނަ މީހެއްގެ މައްސަލައެއް ހުށަހެޅި ޝަރީޢަތްތައް ކުރިއަށް ގެންދާއިރު ދައުވާ ލިބޭ މީހުންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމަށްވެސް ފުރުޞަތެއް ނުލިބެއެވެ.

މިފަދަ އަނިޔާވެރި ގޮތްގޮތަށް ޝަރީއަތްތައް ކުރަމުން ޙުކުމްތައް އިއްވަމުން ގެންދަމުން ތިއަބައިމީހުން އެއްބައިވަންތަވާށޭ ބުނެ އެއްބައިވަންތަވުމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ އާޔަތްތައް ކިތަންމެ ގިނައިން ކިޔުމަކުން މަޤްޞަދު ޙާޞިލުވާނެބާވައެވެ! އަދުލުވެރިވުމަށާއި އަދުލުވެރިކަމާއިއެކު ޙުކުމް ކުރުމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ އާޔަތްތައް ހަމަ އެ ކީރިތި ޤްރްއާނުގައި ހުރިކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ސިޔާސީީ ލީޑަރުންގެ ވާހަކަތަކާއި ސިޔާސީ ލީޑަރުންނަށް އަނިޔާވެރި ޙުކުމްތައް އިއްވުމާއި މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި ގުޅުވަންޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ. އެހެނީ ކޮންމެ ސިޔާސީ ލީޑަރެއްގެ ފަހަތުގައިވެސް އެތައް ބައިވަރު ބައަކު ތިބެއެވެ. ސީޔާސީ ލީޑަރުންނަށް އަނިޔާވެރިވުމުން އެ އެންމެން ކަންބޮޑުވެއެވެ. ރުޅިގަދަވެއެވެ. ޙުކުމް ކުރަނީ އެންމެ ފަރުދަކަށް ނަމަވެސް އެކަމުގެ އަސަރު މުޅި މުޖުތަމައުއަށް ކުރެއެވެ.

ޚުޠުބާތައް ލިޔުއްވާ ބޭފުޅުންނަށް މިކަންކަން ހަމަ އެނގިވަޑައި ނުގަންނަވަނީ ބާވައެވެ! މުޖުތަމައުގެ އެއްބައިވަންތަކަމަށް ހުރި ހުރަސްތައް ހަމަ އެނގިވަޑައި ނުގަންނަވަނީބާވައެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް