އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އެންގެވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ކާފަރުންކަމަށް ﷲ ވަނީ އަންގަވާފަ: ޑރ. ޖަމީލް

ﷲ އެންގެވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ކާފަރުންކަމަށް ﷲ ވަނީ އަންގަވާފަ: ޑރ. ޖަމީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ﷲ ތަޢާލާ އެންގެވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކި ކާފަރުންކަމަށް ﷲ ތަޢާލާ ވަނީ އަންގަވާފައި ކަމަށާއި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޙުކުމް ނުކުރާ މީހުންނަށް ސަލާމަތް ނުވެވޭނެ ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ަރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ރޭ ވިދާޅުވީ ރާއްޖޭގެ ޖޫޑިޝަރީގައި ކުރިމަތިވެފައިވާ މައްސަލަތަކުން ވެސް މިހާރު ތިއްބެވި ފަނޑިޔާރުން ޢިބްރަތް ޙާޞިލުކުރެއްވުން ރަނގަޅުވާނެ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ފޮރުވިގެން ތިބެ ޝަރީއަތް ކުރުމާއި ހެކި ފޮރުވުމާއި ފޮރުވިގެން ތިބެ ހެކި ދިނުން ފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީއަތުގައި ހުއްދަ ކަންކަން ނޫން ކަމަށާއި މިކަންކަން ރާއްޖޭގައި ކުރަމުން ގެންދާކަމީ ވަރަށް ބޮޑަށް ހިތާމަހުރި ކަމެއް ކަމަށެވެ.

"ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ ހެކި ފޮރުވާ މީހާއަކީ އަނިޔާވެރިއެއް ކަމަށް. އެހެންވީމާ ހެކި ފޮރުވުމާ ނުޙައްގުން މުދާ ކެއުމާ މީހުންގެ މައްޗަށް ނުޙައްޤު ޝަރީއަތްތައް ކުރުމާއި މިފަދަ ހުރިހާ ކަމަކީ ބޮޑުވެގެންވާ އަނިޔާ."

ޑރ. ޖަމީލް ވިދާޅުވީ މިކަންކަމަކީ ވަރަށް ސާފުކޮށް އެނގެން ހުރި ކަންކަމަށްވާއިރު މިކަންކަން ނުކުރަންވީ ކީއްވެގެން ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. "އަނިޔާވެރިޔާ، އަނިޔާކުރާ މީހާއަށް ނަރަކަ ލިބިގެންވާކަން އެއީ ކީރިތި ޤްރްއާނުން އެނގެން އޮތް ކަމެއް. އަނިޔާވެރިންނަށް ނަރަކައިގެ އަޒާބު ލިބޭނެކަން އެއީ ﷲ ތަޢާލާގެ ވަޢުދު. މިއީ ކީރިތި ޤްރްއާނުގަ ބަޔާންކުރައްވަވާފައިވާ ވައުދެއް."

ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށާއި އެތައް ބައަކަށް ގެންދަނީ ފައުޅުގައި އަނިޔާކުރަމުން ކަމަށެވެ. އެ އެންެމެންނާއި އެ އެންމެންގެ ޢާއިލާތަކުން ދަނީ އަނިޔާވެރިކަމުގެ ރަހަ ދެކި އެތަންތަން ތަހައްމަލުކުރަމުން ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ މިހާރު ރާއްޖެއިން މިފެންނަފަދަ އަނިޔާވެރިކަމެއް ރާއްޖޭގެ ތާރީޚުގައިވެސް ފެނިފައިނުވާ ކަމަށެވެ. މިމިންވަރަށް އަނިޔާވެރިވަމުން ތިމަންނަ މިއައީ ވަހްދަތުގެ ވާހަކަ ދައްކާފައި ކަމަށް ބުނެ ހުނުމަކުން ޤިޔާމަތް ދުވަހު ސަލާމަތްކަމެއް ނެތް ކަމަށެވެ. ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނީ ގަދަފަ އަޒާބާއި ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ މިހާލަތުން އަރައިގަތުމަށް ދިވެހިރައްޔިތުން ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. "އަނިޔާވެރިކަމުން ސަލާމަތްވާން މަސައްކަތް ކުރަންޖެހޭ ސަބަބަކީ އަނިޔާވެރިކަމާއި ގުޅިގެން އަންނަ ކަންކަން އަންނަނީ ހަމަ އެކަނި އަނިޔާވެރިންގެ މައްޗަށް ކަމަށް ނުވާތީ. އެފަދަ ކަމަކާއި ގުޅިގެން އަންނަ މުޞީބާތްތައް އަންނަނީ އެންމެންގެ މައްޗަށް. ފިޠުނަތަކާއި ގުޅިގެން ފޮނުއްވަވާ ކޯފާތައް ފޮނުއްވަވާނީ އަނިޔާވެރިންނަށް އެކަނި ނޫން ކަމަށް ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވާފައި." ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލްގެ ވާހަކަފުޅު:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް