އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްލި ގޮތަކަށް މެންބަރު އަމިތު ހައްޔަރުކޮށްގެން ގެންގޮސްފި

ކުއްލި ގޮތަކަށް މެންބަރު އަމިތު ހައްޔަރުކޮށްގެން ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 35 ސިކުންތު

އެމްޑީޕީން މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހިނގާލުން ފަށަން ތައްޔާރުވެފައިވަނިކޮށް އެސްއޯ ފުލުހުންގެ ބައަކު ކުއްލި ގޮތަކަށް ނުކުމެ މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ހައްޔަރުކޮށްގެން ގެންގޮސްފިއެވެ.

އެއިރު އެތަނުގައި ބައެއް އިތުރު މެންބަރުންވެސް ތިއްބެވިއެވެ.

ހިނގާލުމުގައި ބައިވެރިވަން ދިއަ މީހުންވެސް އެއިރު އެތަނުގައި ތިއްބެވެ. އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައެއް ވެސް ނުވެއެވެ.

މެންބަރު އަމިތު ހައްޔަރުކޮށްގެން ގެންދިއަ ސަބަބާއިމެދު ސުވާލުކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ދީފައެއްވެސް ނުވެއެވެ.

އެމްޑީޕީން ބުނަނީ ހިނގާލުން ކުރިއަށް ގެންދާނީ މަޖީދީމަގުން ނަލަހިޔާ ކައިރިއަށް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް