އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާދަށް މިނިވަންކަން ލިބުމަކީ ލިބުނު އުފަލެއް - ސިޔާސީ ހުރިހާ ހައްޔަރީން މިނިވަންވާން ޖެހޭނެ: ޑރ. ޙުސައިން

ސިޔާދަށް މިނިވަންކަން ލިބުމަކީ ލިބުނު އުފަލެއް - ސިޔާސީ ހުރިހާ ހައްޔަރީން މިނިވަންވާން ޖެހޭނެ: ޑރ. ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ޝަރުޠު ތަކަކާއިއެކު ނަމަވެސް ވިލާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ސިޔާދު ޤާސިމް މިނިވަންވެވަޑައިގަތުމަކީ އިންސާފު ހޯދަން ރާއްޖޭގައި މަސައްކަތްކުރަމުން ގެންދާ އެންމެންނަށް ލިބުނު އުފަލެއް ކަމަށާއި ސިޔާދު ފަދައިން ކުށެއް ނެތި ބަންދުކޮށްފައި ތިބި ހުރިހާ ހައްޔަރީންނަށް މިނިވަންކަން ލިބެންޖެހޭނެ ކަމަށް ޖޭޕީގެ އިސް ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.



ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ޖަލުން މިއަދު ސިޔާދު މިނިވަންކުރުމުން ޑރ. ޙުސައިން ވިދާޅުވީ ސިޔާދު މިނިވަންވީ ސަރުކާރުގެ ހެޔޮކަމުން ނޫން ކަމަށާއި ސިޔާދު ކުރެއްވި ކަމަށް ސަރުކާރުން ބުނާ އެއްވެސް ކަމެއް ސިޔާދު ކުރެއްވިކަން ސާބިތުކޮށް ނުދެވުމުން ފަނޑިޔާރު ސިޔާދު މިނިވަންކުރެއްވީ ކަމަށެވެ.



"ސިޔާދު އެއްވެސް ކުށެއް ކުރެއްވިކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވޭ. ސަބަބަކީ ސިޔާދަކީ އެއްވެސް ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫން. ކޯޓުން އެތައް ގިނަ ފުރުޞަތުތަކެއް ދިނުމުންވެސް އެއްވެސް ހެއްކެއް ޤަރީނާއެއް ނުދެއްކުނީ ސިޔާދު އެއްވެސް ކުށެއް ކުރައްވާފައި ނުވާތީ." ކަމަށްވެސް ޑރ. ޙުސައިން ވިދާޅުވިއެވެ.



ޑރ. ޙުސައިން ވިދާޅުވީ ސިޔާސީ ގޮތުން މިވަގުތު ރާއްޖެއަށް އެންމެ މުހިންމީ ރައްޔިތުންނަށް އިންޞާފު ލިބުން ކަމަށެވެ. އަދި ސިޔާސީ ގޮތުންވެސް އެންމެ ބޮޑަށް ކުރަންޖެހޭ މަސައްކަތަކީ އިންސާފު ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް