ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ ވޮލީބޯލް ޓޯނަމަންޓް 2018 ގެ ގުރުނަގައިފި

ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ ވޮލީބޯލް ޓޯނަމަންޓް 2018 ގެ ގުރުނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު


ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން އަންނަ މަހުގެ 2 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ” ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018″ ގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މާފުށީ ޖަލުގެ ވޮލީ ކޯޓުގައި 13 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާފުށީ ޖަލުގެ ލެކްޗަރ ހޯލުގައެވެ.

މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މާފުށީ ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަން، ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ރިޟާ އެވެ. މި ޙަފްލާގައި ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން މާފުށީ ޖަލުގެ އެސްއެމްޓީގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި މުބާރާތުގެ ލޯގޯ އިފްތިތާޙް ކުރުމާއި ޓީމުތަކަށް ގަވައިދު ހަވާލުކުރުން އޮތެވެ. މުބާރާތުގެ ލޯގޮ އިފްތިތާޙްކޮށްދެއްވާ ޓީމްތަކަށް ގަވައިދު ހަވާލުކޮށްދެއްވީ ޙަފްލާގެ ޝަރަފްވެރި މެހެމާން ސީޕީއޯ އަޙްމަދު ރިޟާ އެވެ.

މި މުބާރާތުގައި ޖުމްލަ ހަތަރު ޓިމު ވާދަކުރާނެއެވެ. އެއީ އީއެސްޖީ، މާފުށީ ޕްރިޒަން، މާލޭ ޕްރިޒަން އަދި ޓީމް އެޗްކިއު އެވެ.

މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއްބުރުކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ތިންޓީމުގެ ތެރެއިން ލީގުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމު ފައިނަލަށް ދާގޮތަށެވެ. އަދި ބަލިވާ ޓީމާއި ލީގުގެ ތިންވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމު ފައިނަލަށް ދާގޮތަށެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު