މެލޭޝިއާގައި 41 އަހަރުގެ ފިރިހެނަކު 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކައިވެނި ކޮށްފި

މެލޭޝިއާގައި 41 އަހަރުގެ ފިރިހެނަކު 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކައިވެނި ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ކުއަލަ ލަމްޕޫރް، މެލޭޝިއާ- މެލޭޝިއާގައި އުމުރުން 11 އަހަރުގެ މުސްލިމު ކުޑަ އަންހެން ކުއްޖަކާ އުމުރުން 41 އަހަރުގެ ފިރިހެނަކު ކައިވެނި ކުރި މައްސަލައެއް އެޤައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި އެކުއްޖާއަކީ އެމީހާގެ ތިންވަނަ އަނތްބެވެ.

ތައިލެންޑުގެ ދެމަފިރިއަކަށް ލިބިފައިވާ އެކުއްޖާގެ ކައިވެނި އޭނާގެ މައިންބަފައިން ކުރުވީ ސިއްރިއްޔާތުގައިކަމާއި މިކައިވެނީގެ ޚަބަރު ފަޅާއަރާފައިވަނީ އެފިރިހެންމީހާ އެހެން އަނތްބެއް އެކަމާއި ބެހޭ ގޮތުން ފުލުހުންނަށް މައުލޫމާތުދީ ޝަކުވާ ހުށަހެޅުމުންނެވެ.

އަންހެން ކުއްޖާގެ މައިންބަފައިން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ ރަބަރު އުފައްދާ ކުންފުންޏެއްގައި މަސައްކަތް ކުރާ، ޗޭ އަބްދުލް ކަރީމް ޗޭ އަބްދުލް ހާމިދް ނަމަކަށް ކިޔާ އެމީހާއާއި އެމީހުންގެ 11 އަހަރުގެ ކުޑަ އަންހެން ދަރިފުޅު ކައިވެނި ކުރުވި ނަމަވެސް، އެކުއްޖާގެ އުމުރުން 16 އަހަރުވުމުގެ ކުރިން ފިރިހެން މީހާއަށް އެކުއްޖާ ނުގެންދެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މެލޭޝިއާގެ ޤާނޫނުގައި ބުނެފައިވާ ގޮތުގައި މުސްލިމު އަންހެން ކުއްޖަކަށް އެންމެ ޅައުމުރެއްގައި ވެސް ކައިވެނި ކުރެވޭނީ އެކުއްޖާގެ އުމުރުން 16 އަހަރު ފުރުމުންނެވެ. އެވެސް އެކުއްޖާގެ މައިންބަފައިންގެ އިޒްނައާއި ސޮއިއާއި އެކުއެވެ.

ވީމާ 11 އަހަރުގެ ކުއްޖާއާއި ކޮށްފައިވާ ކައިވެންޏަކީ ޤާނޫނާ ޚިލާފު ބާޠިލު ކައިވެންޏެއް ކަމަށް ބުނެ މެލޭޝިއާގެ ގިނަ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ދަނީ މިކަމާއި ދެކޮޅަށް އަޑު އުފުލާ ގޮވާލަމުންނެވެ.

މިކައިވެންޏާއި ގުޅޭގޮތުން މެލޭޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ވަން އަޒީޒާ ވަން ވިދާޅުވީ މިކައިވެންޏާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް، އެއްވެސް ހެއްކެއް މެލޭޝިއާ ސަރުކާރަށް ލިބިފައި ނުވާ ކަމަށާއި އެހެންކަމުން އެއީ ސައްޙަ ކައިވެންޏެއް ކަމަށް ޤަބޫލު ނުކުރެވޭ ކަަމަށެވެ.

ކައިވެންޏާއި ގުޅޭ ގޮތުން 41 އަހަރުގެ ޗޭ އަބްދުލް ކަރީމް ބުނެފައިވަނީ، އޭނާ ކުރި ކައިވެންޏަކީ ސައްޙަ ކައިވެންޏެއް ކަމަށާއި، އަންހެން ކުއްޖާގެ މައިންބަފައިންގެ ރުހުމާއެކު ކޮށްފައިވާ އެކައިވެނި ރަސްމީކޮށް ދަމަހައްޓަން ފަށާނީ އަންހެން ކުއްޖާގެ އުމުރުން 16 އަހަރުގައި ކަމަށެވެ.

އުމުރުން އެންމެ 11 އަހަރުގެ ކުޑަ އަންހެން ކުއްޖާ ބުނެފައިވަނީ ޗޭ އަބްދުލް ކަރީމް އަކީ ނުހަނު ރަނގަޅު ފިރިހެނެއް ކަމުން އެކުއްޖާވެސް އޭނާގެ "ލޯބި" ވާ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ