ރާއްޖޭގެ ޒުވާން ވޮލީޓީމު ފަހު ދެ މެޗުންވެސް ބަލިވެއްޖެ

ރާއްޖޭގެ ޒުވާން ވޮލީޓީމު ފަހު ދެ މެޗުންވެސް ބަލިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ބަހުރައިންގައި ކުރިޔަށްދިޔަ 20 އަހަރުނަ ދަށުގެ އެޝިޔަން މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކުޅުނު ފަހު ދެމެޗުންވެސް ދިވެޖިރާޖޭގެ ޒުވާން ޓީމު ބަލިވެއްޖެއެވެ.

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން އިންތިޒާމް ކޮށްގެން ބޭއްވި މުބާރާތުގައި ރާއްޖެ ހިމެނިފައި ވަނީ މެލޭޝިޔާއާއި މެކާއުއާ އެއް ޕޫލެއްގައެވެ. ނަމަވެސް ދެ ގައުމުގެ އަތުން ބަލިވުމުން ޕޫލްގެ އެންމެ ދަށަށް ރާއްޖެ ވަނީ ގޮސްފައެވެ.



ޕޫލްގެ އެންމެ ދަށުގައި އޮތުމުން ރާއްޖެވަނީ ކަޒަކިސްތާނާ ކްލެސިފިކޭޝަން ބުރުގައި ބައްދަލުކުރަންޖެހިފައެވެ. މި މެޗުގައި ރާއްޖެ ވަނީ ސީދާ ތިންސެޓުން ބަލިވެފައެވެ. މެޗުގެ ސެޓުތައް ނިމިފައިވަނީ 24-16، 25-14، އަދި 25-11 އިންނެވެ.

އެމެޗަށްފަހު ރާއްޖެ ދެން ބައްދުލު ކުރަންޖެހިފައި ވަނީ އުޒްބަކިސްތާނު އާއިއެވެ. ނަމަވެސް އުޒްބަކިސްތާން ބަހުރައިންނަށް ގޮސްފައި ނުވުމުން ރާއްގޭގެ ޓީމްއަށްވަނީ އެ މެޗު ލިބިފައެވެ.

މުބާރާތުގެ ފަހުމެޗަކަށް ރާއްޖޭގެ ޒުވާން ޓީމު ވަނީ މަކާއޯއާ ބައްދަލުކޮއްފައެވެ. އެ މެޗުންވެސް ރާއްޖެ ވަނީ ސީދާ ތިންސެޓުން ބަލިވެފައިއެވެ. ސެޓުތައް ނިމިފައިވަނީ 25-13، 25-18، އަދި 25-22، ހުންނެވެ.

23 ގައުމެއް މި މިމުބާރާތުގައި ބައިވެރިވެފައިވެއެވެ. އަދި މުބާރާތުން މޮޅު ދެ ޓީމަށް 21 އަހަރުން ދަށުގެ ވޯލްޑް ޗެންޕިއަންޝިޕް މުބާރާތުން ޖާގަލިބިގެން ދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް