އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ނައުމާ ނިޔާވެއްޖެ

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ނައުމާ ނިޔާވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ހދ. ކުޅުދުއްފުށި ރިހިވެލި ނައުމާ މުޙައްމަދު މިއަދު މެންދުރުގެ ވަގުތެއްގައި ނިޔާވެެއްޖެއެވެ.

އިންޑިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، ނައުމާ މިއަދު ނިޔާވެއްޖެކަން އޭނާގެ އާއިލާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.



ގަދަ ހުމެއް ޖެހި އެކަމަށް ފަރުވާ ހޯދަމުން ދަނިކޮށް، ނައުމާ އަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 19 ވީ ހޮނިހިރު ދުވަހުއެވެ. އެކަން އެނގުނީ ވަރަށް ބޮޑަށް އޭނާގެ ހާލު ދެރަވެގެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުމަށްފަހުއެވެ.

ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލަކީ ކެންސަރު ބައްޔަށް ބޭސް ކުރެވޭ ހޮސްޕިޓަލަކަށް ނުވުމުން، ޑޮކްޓަރުންގެ އިރުޝާދާއެކީ ނައުމާ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނެވެ. އަދި ސަރުކާރާއި އެހެނިހެން ގިނަ ފަރާތްތަކުގެ އެހީއާއެކު އިންޑިއާ އަށް ގޮސް ނައުމާގެ ބޭސް ފަރުވާ ވެސް ފެށުނެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގައި ބޭސް ފަރުވާ ކުރަމުން އައި އިރު، ނައުމާގެ ހާލު އައީ ރަނގަޅުވަމުންނެވެ. ނަމަވެސް ފަހަކަށް އައިސް އޭނާގެ ބަލިހާލަތު ދަށަށް ދިޔައީ ހަމަ ކުއްލިއަކަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.



ނައުމާއަކީ އެންމެންނާއި ވެސް ނުހަނު ގުޅޭ، އެކުވެރި އަދި އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ. ވޮލީބޯޅަ އާއި އެހެނިހެން ކުޅިވަރު ކުޅުމަށް ޚާއްސަ ޝައުޤުވެރިކަމެއް ހުރިއިރު، އެކި އެކި ވޮލިންޓިއާރ މަސައްކަތް ވެސް ކޮށްފައިވެއެވެ.

އޭގެ އިތުރުން ޤާރީ ކޯހުގެ ލެވެލް 1 ނިންމާ 2 ވެސް ކިޔަވަމުން ދިޔަ ނައުމާއަކީ އެންމެންގެ ލޯބި ލިބުނު ލާމަސީލު މިސާލެކެވެ.

މާތް ﷲ ނައުމާގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާފާނދޭވެ. އާމީން.

އަދި މިފަދަ ހިތްދަތި ވަގުތެއްގައި އެއާއިލާއަށް ވެސް ކެތްތެރިކަން ދެއްވާފާނދޭވެ. އާމީން

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ