އެނދުން ނުތެދުވުނު ކަމުގައިވިޔަސް، އެންމެ އިނގިއްޔަކުން އިރުފާން އޭނާގެ ދިރިއުޅުން ބަދަލުކޮށްލި

އެނދުން ނުތެދުވުނު ކަމުގައިވިޔަސް، އެންމެ އިނގިއްޔަކުން އިރުފާން އޭނާގެ ދިރިއުޅުން ބަދަލުކޮށްލި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ޝްރީ ލަންކާއަށް އުފަން އިރުފާން ހާފިޒް އަކީ އާދަޔާ ޚިލާފު ބައްޔެއް ކަމަށްވާ ޑިއުކެން މަސްކިއުލާ ޑިސްޓްރޮފީ (ޑީއެމްޑީ) ތަޙައްމަލު ކުރަމުންދިޔަ ޒުވާނެކެވެ.

މިބަލީގެ ސަބަބުން އިރުފާން އަށް އޭނާގެ ހަށިގަނޑުން ހަރަކާތް ކުރެވެނީ އޭނާގެ ކަނާއަތުގެ ޝަހާދަ އިނގިލި އެކަންޔެވެ. އަދި އޭނާ އަބަދުވެސް އޮންނަން ޖެހުނީ އެނދުމަތިވެފައެވެ.
އިރުފާން ކައިބޮއެ އުޅުނީ ހަށިގަނޑު ތެރެއަށް ހޮޅިއެއް ގުޅައިގެންނެވެ.

އިރުފާން ވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައެވެ. ނަމަވެސް އޭނާވަނީ އޭނާއަކީ ހިތްވަރުގަދަ އަދި އެހާމެ ކުޅަދާނަ ޝަޚުސިއްޔަތެއްކަން މުޅި ދުނިޔެއަށް ހާމަ ކޮށްދީފައެވެ.

އާދަޔާ ޚިލާފު ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ އެހެން އެއްވެސް ގުނަވަނެއް ހަރަކާތް ނުކުރެވުނު ކަމުގައިވިޔަސް، އޭނާއަށް ހަރަކާތް ކުރެވޭ އެންމެ އިނގިއްޔަކުން އޭނާވަނީ ނުހަނު ކުޅަދާނަކަން ދައްކާލާފައެވެ.

އެއިނގިލިން އޭނާ ފޯނާއި ކުޅެން ދަސްކޮށް، ފޯނުގެ ޒަރީޢާއިން އިނގިރޭސިން ލިޔަންކިޔަން ދަސްކުރިއެވެ. އެއަށްފަހު އާއިލާގެ އެހީތެރިކަމާއިއެކު އޭނާއަށް ލިބުނީ ލެޕްޓޮޕެކެވެ. އެލެޕްޓޮޕުން އިރުފާނު ޓައިޕްކޮށް، މުޅިއަކު ތިން ފޮތް އޭނާގެ އަމިއްލަ ނަންމަތީގައި ޝާއިއު ކުރިއެވެ.

އިރުފާނު ލިޔުނު ތިން ފޮތަކީ "ސައިލެންޓް ސްޓްރަގްލް"، "މޯމެންޓްސް އޮފް މެރިމެންޓް" އަދި "ސައިލެންޓް ތޯޓްސް" އެވެ. މިތިން ފޮތަކީ ވެސް ކިޔުންތެރިންނަށް ނުހަނު އަސަރު ކުރުވި ކާމިޔާބު ތިން ފޮތެވެ.
އިރުފާނު ހާފިޒް ފަދަ ހިތްވަރުގަދަ ހުނަރުވެރި މީހުންނަކީ މުޅި މުޖުތަމައުއަށް ހުރި ލާމަސީލު މިސާލެއްކަން ޝައްކެއްވެސް ނެތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ