އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑޮނޭޝިއާ އަށް ބާރުގަދަ ބިންހެލުމެއް އެރުމުން، ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ނެރެފި

އިންޑޮނޭޝިއާ އަށް ބާރުގަދަ ބިންހެލުމެއް އެރުމުން، ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ސީއެންއެން: އިންޑޮނޭޝިއާ އަށް 7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް މިއަދު ހަވީރު އެރުމާއި ގުޅިގެން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފިއެވެ.

އިންޑޮނޭޝިއާ އަށް މި ބިންހެލުން އަރާފައިވަނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 16:46 ގައެވެ.

އެމެރިކާނެ ޖިއޮލޮޖިކަލް ސަރވޭ އިން ބުނެފައިވާ ގޮތުގައި މިބިންހެލުން އަރާފައިވަނީ ބާލީގެ ދެކުނުގައި އޮންނަ ލޮލޮއަން ކައިރިން 10.5 ކިލޯމީޓަރު އަޑިންނެވެ.

މީގެ ހަފްތާއެއް ކުރިން ވެސް އެސަރަޙައްދަށްވަނީ ބިންހެލުމެއް އަރާ ގިނަ އަދަދެއްގެ މީހުން މަރުވެފައެވެ.

އިންޑޮނޭޝިއާ އަށް އެރި މިބިންހެލުމުގެ ސަބަބުން، ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވީނަމަވެސް، ރާއްޖެއަށް އެކަމުގެ އެއްވެސް އަސަރެއް ނުފޯރާނެކަމަށް ރާއްޖޭގެ މެޓް އޮފީހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ