ކުރީގެ ލޯބިވެރިޔާ މަރާލުމުގެ ކުށުގަ 2 މީހަކު އުމުރަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

ކުރީގެ ލޯބިވެރިޔާ މަރާލުމުގެ ކުށުގަ 2 މީހަކު އުމުރަށް ޖަލަށް ލުމަށް ޙުކުމްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 32 ސިކުންތު

24 އަހަރުގެ އަންހެން ކުއްޖެއްގެ ކުރީގެ ލޯބިވެރިޔާ މަރާލިކަމުގެ ކުށުގައި 2 މީހަކު އުމުރަށް ޖަލަށް ލުމަށް ބެންގަލޫރުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ކޯތުން ކުރި ޙުކުމުގައި ބުނެފައިވަނީ އަންހެން ކުއްޖާގެ ކުރީގެ ލޯބިވެރިޔާ މަރާލުމުގައި އަންހެން ކުއްޖާ އާއި އޭނާ މިހާރު ގުޅިގެން އުޅޭ ޓެކްސީ ޑްރައިވަރު ބައިވެރިވިކަން ސާބިތުވާ ކަމަށެވެ.

ފުލުހުންގެ ރިޕޯޓްގައި ބުނެފައިވަނީ އަންހެން ކުއްޖާ އެތައް އަހަރެއްވަންދެން ލޯބީގެ ގުޅުން ބޭއްވުމަށްފަހު އޭނާ ދޫކޮށްލައި އޭނާ މަސައްކަތްކުރި ކުންފުނީގެ ޑްރައިވަރަކާ ލޯބީގެ ގޮތުން ގުޅުނީ ކަމަށެވެ. އަދި އެއަށްފަހު ކުރީގެ ލޯބިވެރިޔާ މަރާލީ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް