ރިޔާސީ އިންތިޚާބު ބާއްވަންޖެހެ ތާރީޚް ޤާނޫނު އަސާސީގަ ވަނީ ބަޔާންކޮށްފަ- ލަސްކުރެވޭނެ ކަމަކަށް ޤަބޫލެއް ނުކުރަން: މާރިޔާ

ރިޔާސީ އިންތިޚާބު ބާއްވަންޖެހެ ތާރީޚް ޤާނޫނު އަސާސީގަ ވަނީ ބަޔާންކޮށްފަ- ލަސްކުރެވޭނެ ކަމަކަށް ޤަބޫލެއް ނުކުރަން: މާރިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު


ރިޔާސީ އިންތިޚާބު ބާއްވަންޖެހެ ތާރީޚް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައި ކަމަށާއި އެހެންކަމުން އިންތިޚާބު ލަސްކުރެވޭނެ ކަމަަށް ޤަބޫލު ނުކުރައްވާ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވީ ޤާނޫނު އަސާސީގައި ތާރީޚްތައް ކަނޑައަޅައި ކުރުން ލާޒިމްކޮށްފައި ހުންނަކަންކަމުގެ ތާރީޚް ބަދަލުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށްވެސް އަދި އެހެން ފަރާތަކަށް ވެސް ލިބިގެންވާ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ޕީޕީއެމުން އިއްޔެ ބުނެފައިވަނީ އިންތިޚާބު ބާއްވާ ތާރީޚް ލަސްކުރަން އެޕާޓީން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވުމުން އިންތިޚާބު ލަސްކުރާނެ ކަމަށް ގިނަ ބައަކު ދަނީ ތުހުމަތުކުރަމުންނެވެ. މިގޮތުން ކުރާ ތުހުމަތުތައް އިތުރުވެގެންދިއައީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރިމަތިވެފައިވާކަން ހާމަކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކުގައި ޕޯސްޓެއް ޢާންމުކުރެއްވެވުމުންނެވެ.

ޤައުމީ ސަލާމަތާއި ގުޅުވުން ނުވަތަ އެފަދަ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އިންތިޚާބު މިއަހަރު ނުބާއްވާނެ ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ. އެގޮތުން މަޖިލިސް ތެރެއިން ކަމެއް ފާސްކޮށް ސްޕްރީމް ކޯޓުގެ ރުހުން ހޯދުން ފަދަ ގޮތެއް ހަދައިފާނެ ކަމަށްވެސް ގިނަ ބައަކު ދަނީ ތުހުމަތުކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންތިޚާބު ބާއްވަންޖެހޭ ތާރީޚުގައި އިންތިޚާބު ބާއްވަންޖެހޭނެ ކަމަށާއި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް