އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުލެ ނެރަށް ފެރީއެއް އަރައި އަޑިއަށް ހިނގައްޖެ

ހުޅުލެ ނެރަށް ފެރީއެއް އަރައި އަޑިއަށް ހިނގައްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

މާލެއިން ފުރައިގެން ހުޅުލެއަަށް ދަތުރުކުރި "ރަންދެލި" ނަމަކަށް ކިޔާ ފެރީއެއް، ހުޅުލޭގައި އަލަށް ހެދި ނެރަށް އަރައި އަޑިއަށް ހިނގައްޖެއެވެ.

މިހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ފެރީ ނެރަށް އަރާފައިވަނީ ހުޅުލެއަށް ވަނުމަށް ދަތުރުކުރަނިކޮށް ހުޅުލޭގައި އަލަށް ބޭނުން ކުރަމުންދާ ނެރުގެ ފައިކައްޓަށް އަރައިގެން ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ ފަތިހު ކަމަށާއި ހާދިސާ ރިޕޯޓު ކޮށްފައިވަނީ ފަތިހު 4:55 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވެއެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި މިހާދިސާ ހިނގިއިރު ރަންދެލި ފެރީގައި ޖުމްލަ ހަ މީހުން ތިއްބެވެ. އެއީ ތިން ފަޅުވެރިންނާއި ތިން ދަތުރުވެރިންނެވެ. އޭގެން އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

ނެރުގެ ފައިކައްޓަށް އެރުމުގެ ސަބަބުން އެފެރީގެ ދިރުނބާކޮޅުން ތަންގަނޑެއް ނައްޓައިގެން ގޮސްފައިވާ ކަމަށާއި ފެރީ ހުޅުލެއަށް ވެއްދިފަހުން ދޯނި އެތެރެ ދިޔަވެ ހުޅުލޭ ފަޅުތެރެއަށް އަޑިއަށް ދިޔަކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ