އުމުރުން ދުވަސްވީ ޖަރުމަނު މީހެއް ނިޔާވުމުގެ ކުރިން ޝަހާދަތުގެ ދެކަލިމަ ކިޔައިފި

އުމުރުން ދުވަސްވީ ޖަރުމަނު މީހެއް ނިޔާވުމުގެ ކުރިން ޝަހާދަތުގެ ދެކަލިމަ ކިޔައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

އުމުރުން ދުވަސްވީ ޖަރުމަނު މީހެއް، ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްވުމަށްފަހު ނިޔާވެއްޖެއެވެ.

މަރުތަންމަތީގައި އުމުރުން 75 އަހަރުގެ އެމީހާ އޮއްވާ، އެހެން މުސްލިމަކު އޭނާއަށް ޝަހާދަތް ކިޔާދެމުން ދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ވީޑިއޯ އިން ފެންނަނީ މުސްލިމު އަޚާ އެމީހާއަށް ޝަހާދަތް ކިޔާ ދެމުން ދިޔައިރު، އޭނާގެ އަޑު ދަށުން އުމުރުން ދުވަސްވީ މީހާވެސް ޝަހާދަތް ކިޔަމުން ދިޔަ މަންޒަރެވެ. ޝަހާދަތް ކިޔާ ނިމުމާއިއެކު އެމީހާގެ ދެ ލޯ މެރޭ މަންޒަރު ވެސް ފެންނައިރު، އޭނާއަށް ޝަހާދަތް ކިޔާދިން މީހާއަށް ރޮވޭ އަޑު އިވެއެވެ.

މިހާދިސާ ހިނގާފައިވަނީ ކޮން ޤައުމެއްގައި ކަމެއް އަދި ނިޔާވި އުމުރުން ދުވަސްވީ މީހާގެ އެއްވެސް ތަފްސީލެއް އެއްވެސް މީޑިއާއަކު އަދިއެއް ހާމަކޮށްފައެއް ނުވެއެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ