ލެއަށް ކެންސަރު ޖެހިފަވާ ފިރިހެން ދަރިފުޅަށް ފަރުވާކުރަން އެއްމާބަނޑު އަންހެން ދަރިފުޅު ވިއްކާލަން

ލެއަށް ކެންސަރު ޖެހިފަވާ ފިރިހެން ދަރިފުޅަށް ފަރުވާކުރަން އެއްމާބަނޑު އަންހެން ދަރިފުޅު ވިއްކާލަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ލެއަށް ކެންސަރު ޖެހިފަވާ އުމުރުން 4 އަހަރުގެ ފިރިހެން ދަރިފުޅަށް ފަރުވާކުރަން އެކުއްޖާގެ އެއްމާބަނޑު އަންހެން ދަރިފުޅު ވިއްކާލަން "އުޅުމުން" މައްސަލައެއް ހޫނުވެއްޖެއެވެ.

ޗައިނާގެ ދެކުުނު އިރުމަތީ ސަރަހައްދަކަށް ނިޞްބަތްވާ އުމުރުން 31 އަހަރުގެ ލިއާން ބުނީ ދެ ދަރިން ދެކެވެސް ވަރަށް ލޯބިވާ ކަމަށާއި އެގޮތަށް ބުނެ އިޝްތިހާރުކުރީ އަންހެން ދަރިފުޅު ވިއްކައިލުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އެކަންކުރީ ފިރިހެން ދަރިފުޅުގެ ޙާލު ބޮޑުވަމުން ދާތީ ކަންބޮޑުވެގެން ކަމަށެވެ.



ލިއާން ބުނީ ފަރުވާ ކުރެވެން އަންނަނީ 600،000 ޔުއާން ލިބިގެން ކަމަށާއި އޭނާގެ އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. އެހެންވެ ބޭނުންވީ ފައިސާ ހޯދުމުގެ ކެންޕޭނަށް ސަމާލުކަން އިތުރުކުރުން ކަމަށެވެ. "އަހަރެން ނުކިޔަން އަގެއް. އަހަރެން ބުނީ ފިރިހެން ދަރިފުޅަށް ފަރުވާކޮށްދިން މީހަކަށް އަންހެން ދަރިފުޅު ހަދިޔާ ކުރާނަމޭ."



މީޑިއާގައި ޚަބަރު ޢާންމުވުމުން ފައިސާ ހޯދަން ހިންގި ކެންޕޭނަށް ކޮށްފައިވަނީ ނުރަނގަޅު އަސަރެކެވެ. އަދި މިހައިތަނަށް ލިބިފައިވަނީ އެންމެ 90،000 ޔުއާންއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް