ރަސުލާ (ޞޢވ) ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހާ އާޝޫރާ ދުވަހާ ކޮންމެ މަހަކު 3 ދުވަހު ރޯދަފުޅު ހިއްޕެވި

ރަސުލާ (ޞޢވ) ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހާ އާޝޫރާ ދުވަހާ ކޮންމެ މަހަކު 3 ދުވަހު ރޯދަފުޅު ހިއްޕެވި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

"އެކަލޭގެފާނު ރަސުލާ (ޞޢވ) ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހާއި އާޝޫރާ ދުވަހާއި ކޮންމެ މަހަކު 3 ދުވަހު ރޯދަފުޅު ހިއްޕެވިއެވެ."

"ޢަރަފާތު ދުވަހު (ޙައްޖު މަހުގެ 9 ވަނަ ދުވަހު) ރޯދަ ހިފުމަކީ ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގަ ( އެމީހަކަށް ކުރެވިފައިވާ) ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެކެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ފާއިތުވި އަހަރުގެ (އެމީހަކަށް ކުރެވިފައިވާ) ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެކެވެ."

މިކަންކަމަކީ ޞަހީޙް ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ.

- މިއަދުގެ ޚުޠުބާއިން -

ޙައްޖު މަހާއި ބައްދަލުވުމުން ފުރަތަމަ ކަމެއްގެ ގޮތުން ވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފުރަތަމަ 9 ދުވަހު، ޚާއްޞަކޮށް ޢަރަފާތު ދުވަހު ރޯދަހިފުންކަން މި ޙަދީޘްތަކުން އެނގިގެންދެއެވެ. އެހެނީ އަޅުކަމުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތްކަން ބޮޑުވެގެންވާ އަޅުކަމަކީ ރޯދަ ހިފުން ކަމަށް އޮންނާތީއެވެ. ރޯދައެއް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ގޮތަށް ހިފިއްޖެނަމަ އެމީހަކަށް ދެއްވަވާނެ ސަވާބުގެ މަތިވެރިކަން ވަރަށް ސާފުކޮށް އެނގެން އޮތުމުންނެވެ. ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ދޮރުކޮޅެއް ރޯދަވެރިންނަށް ޚާއްޞަ ޚުރައްވަވާފައިވާތީއެވެ.

ބަލަންވީ 9 ދުވަހުވެސް ރޯދަ ހިފޭތޯއެވެ! އެކަމަށް ކެރިކުޅަދާނަ ނުވާނަމަ ވީހައި ގިނަ ދުވަހު ރޯދަ ހިފޭތޯއެވެ! ކޮންމެ ގޮތަކުން ނަމަވެސް ޢަރަފާތު ދުވަހު ރޯދައެއް ހިފޭތޯއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް