ހެލިކޮޕްޓަރު ފޮނުވުން އަވަސްކޮށްދިނުން އެދި ޓީވީ ޗެނެލްތައް މެދުވެރިކޮށް ރޮއި އާދޭސް ކުރިން: ސާޖީ ޗެރިއަން

ހެލިކޮޕްޓަރު ފޮނުވުން އަވަސްކޮށްދިނުން އެދި ޓީވީ ޗެނެލްތައް މެދުވެރިކޮށް ރޮއި އާދޭސް ކުރިން: ސާޖީ ޗެރިއަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ކެރަލާ ސްޓޭޓަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާ ކުރިމަތިވުމުން ހެލިކޮޕްޓަރު ފޮނުވުން އަވަސްކޮށްދިނުން އެދި ޓީވީ ޗެނެލްތައް މެދުވެރިކޮށް ރޮއި އާދޭސް ކުރިންކަމަށް ޗެންގަނޫރުގެ ލެޖިސްލޭޓަރ ސާޖީ ޗެރިއަން ބުނެފިއެވެ.ޗެރިއަން ބުނީ ފުރަތަމަ ކުރިމަތިވި ފެންބޮޑުވުމާއިއެކުވެސް 50 ވަރަކަށް މީހުން މަރުވި ކަމަށް ބެލެވޭ ކަމަށެވެ. އަދި ހެލިކޮޕްޓަރު ބޭނުންނުކޮށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދެވޭނެކަންވެސް ޔަޤީން ކުރެވުނު ކަމަށެވެ.އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު މިހައިތަނަށް މަރުވި މީހުންގެ އަދަދު 400 އާއި ގާތްކުރެއެވެ. އަދި އަދަދު ނުކުރެވޭ ގިނަ ބައަކު މަރުވެފައިވާނެކަމަށް ވަނީ ބެލެވިފައެވެ. 300،000 އަށްވުރެ ގިނަ މީހުން ވަނީ ކޭމްޕްތަކަށް ގެންދެވިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިފަހަރުގެ ފެންބޮޑުވުމަކީ ފާއިތުވި 100 އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމެވެ. މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި މިހައިތަނަށް 2400 އަށްވުރެ ގިނަ އަވަށުގައި ވަނީ ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް