އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގެ ކޮޗިންގައި ފެންބޮޑުވެ އާންމު ހާލަތަށް ދަތިވެފައިވާތީ 219 ދިވެއްސަކު ޓްރިވެންޑަރަމަށް ބަދަލުކޮށްފި

އިންޑިއާގެ ކޮޗިންގައި ފެންބޮޑުވެ އާންމު ހާލަތަށް ދަތިވެފައިވާތީ 219 ދިވެއްސަކު ޓްރިވެންޑަރަމަށް ބަދަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

އިންޑިއާގެ ކެރަލާއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި ކޮޗިންގައި ފެންބޮޑުވެ އާންމު ހާލަތަށް ދަތިވެފައިވާތީ 219 ދިވެއްސަކު ޓްރިވެންޑަރަމަށް ބަދަލުކޮށްފި އެވެ.

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބުނެފައިވަނީ ކޮޗިންއިން ޓްރިވެންޓްރަމްއަށް ހަތް ބަހެއްގައި ޖުމްލް 219 ދިވެހިން ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޭސްފަރުވާއަށް ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ގޮސް ތިބި މީހުންވެސް ހިމެނޭކަމަށެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ކޮންސިއުލޭޓުން ހަމަޖައްސައިދެނީ ހަމަ އެކަނި ބަހުގެ ހިދުމަތެވެ. ޓްރިވެންޑްރަމްގައި ތިބުމުގެ ހަރަދެއް ފޯރުކޮށެއް ނުދެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިފަހަރުގެ ފެންބޮޑުވުމަކީ ފާއިތުވި 100 އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމެވެ. މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި މިހައިތަނަށް 2400 އަށްވުރެ ގިނަ އަވަށުގައި ވަނީ ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު