އަދާލަތު ޕާޓީގެ ޝަޚުޞް އޮޅުވައިލި 5 މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
އަދާލަތު ޕާޓީގެ ޝަޚުޞް އޮޅުވައިލި 5 މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު
އަދާލަތު ޕާޓީގެ ޝަޚުޞް އޮޅުވައިލި 5 މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
އަދާލަތު ޕާޓީން މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 13 ވަނަ ދުވަހު މެންދުރު ޝީ ބިލްޑިންގގައި އަދާލަތު ޕާޓީގެ ފަރާތުން ކަމަށް ބުނެ ނޫސްވެރިންނަށް ދައުވަތުދީގެން ގެންގޮސް ތިމަންނަމެންނަކީ އަދާލަތު ޕާޓީގެ ބައެއް ކަމަށް ބުނެ ނޫސްވެރިންނަށް މައުލޫމާތު ދީފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ފޮނުވި ސިޓީގައި އެދިފައިވަނީ އެޕާޓީގެ ނަމުގައި ޝަޚްސު އޮޅުވާލާފައިވާ ކަމަށް ބލެވޭ 5 މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށެވެ.
ެޕާޓީން މިއަދު މައްސަލަ ހުށަހެޅި 5 މީހުންނަކީ ވ.ތިނަދޫ ރެޑް ހައުސް މުޙައްމަދު ރާޝިދު، ހއ. މުރައިދޫ އަންގޫރުމާގެ ހުސައިން ރިޔާޟް، ދަފްތަރު ނަމްބަރު 676 އިބްރާހިމް ޝަރާޙް އަދި ނ. މާފަރު ފަސްމީރު އަޙްމަދު ޙާޝިމް އެވެ.
އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވީ ޤާނޫނުލްއުޤޫބާތުން އެ ޕާޓީގެ ޝަޚްސަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަން އެ 5 މީހުން ނިގުޅައިގަނެފައިވާ ކަމަށެވެ.
5 މީހެއްގެ މައްސަލަ ބަލައިދިނުން އެދި ފުލުހުންނަށް ހުށަހަޅާފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ 7 މީހެކެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
އަބްދުއްލަތީފް
23 އޮގަސްޓް 2018