އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިވަރު ވީމަވެސް ބުނާނީ އެއީ ކުޑަ ކުދިންނޭތަ؟ ގަނާ ކުރުމާއި އަނިޔާކުރުން ހުއްޓުވަން ޖެހޭ!

މިވަރު ވީމަވެސް ބުނާނީ އެއީ ކުޑަ ކުދިންނޭތަ؟ ގަނާ ކުރުމާއި އަނިޔާކުރުން ހުއްޓުވަން ޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

މިއަދު ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަނީ، ޔޫތު ސިޓީގައި ފުރާވަރު އުމުރުފުރައިގެ ތިން އަންހެން ކުއްޖަކު އެހެން އަންހެން ކުއްޖަކަށް ގަނާކޮށް، ހަޑި ހުތުރު ބަހުން މުޚާތަބުކޮށް އެކުއްޖާއަށް އަނިޔާ ކުރާ މަންޒަރެވެ.

އެތިން ކުދިންގެ ފޭސްބުކް އައިޑީ ވެސް މިހާރު ހާމަވެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެތިން ކުދިންނަކީ ވެސް އުމުރުން އަދި 18 އަހަރު ނުފުރޭ ކުދިން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުދިންނަކީ ޝަރުއީ ގޮތުންނަމަ "ކުޑަ ކުދިން" ނެވެ.

ނަމަވެސް އެވީޑިއޯ ބަލާލާފައި، އެއީ ކުޑަ ކުދިން ކަމަކަށް އެއްވެސް މީހަކު އެއްބަސް ވާނެހެން ހިއެއް ނުވެއެވެ. މުޚާތަބް ކުރުމުގައި ބޭނުން ކޮށްފައި ހުރި ބަހުރުވަ އަޑުއަހާލަން ނުކެރެއެވެ. އޭގެ އިތުރުން އެކުދިން ގަނާ ކުރަމުން ދިޔަ އަންހެން ކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ފެނުމުން ވެސް ގިނަ ބައެއްގެ ނަފުރަތު ވަނީ އެތިން ކުދިންނަށް އަމާޒު ވެފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި މިހުތުރު އަމަލު އެކުދިން ހިންގާފައިވަނީ ހުޅުމާލޭ ޗައިނާ ފްލެޓުތައް ހިމެނޭ ސަރަޙައްދުގައެވެ. މިއީ ކޮން ދުވަހަކު ހިނގި ހާދިސާއެއްކަން އަދި ހާމަ ނުވި ނަމަވެސް، އެތިން ކުދިން އެއަންހެން ކުއްޖާ ރަހީނުކޮށް ގަނާކޮށް އަނިޔާ ކޮށްފައިވަނީ ދުވާލުގެ ވަގުތެއްގައިކަން ހާމަވާން ހުރެއެވެ.

ގަނާ ކުރަމުން ދިޔަ އަންހެން ކުއްޖާއާއި ދިމާލަށް ހުތުރު އެއްޗެހި ކިޔަމުން އަނިޔާ ކުރަމުން ދިޔައިރު، އެކުއްޖާ ދޫކޮށްލާނީ "ރޯން ފެށީމަ" އޭ ބުނާ އަޑުވެސް އިވެއެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ދިރިއުޅެނީ ވިލިމާލޭ ގައެވެ. އަނެއް ކުއްޖާ ހުޅުމާލޭ ރެހެންދި ސްކޫލުން ތައުލީމު ހާސިލު ކުރި ކަމުގެ މައުލޫމާތު ލިބިފައިވާއިރު، ތިން ވަނަ ކުއްޖާގެ މާގިނަ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ގަނާ ކުރި ތިން އަންހެން ކުދިންގެ ތެރެއިން ދެ ކުއްޖަކު ހުރީ ބުރުގާ އަޅާފައެވެ.

މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ