އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯލިޝަނުގެ ވެރިކަމުގަ ސަރުކާރު ކުންފުނިތަކުގެ މުވައްޒިފުންގެ އަދަދު ދެ ގުނައަށް އިތުވާނެ: އާދަމް ޢާޒިމް

ކޯލިޝަނުގެ ވެރިކަމުގަ ސަރުކާރު ކުންފުނިތަކުގެ މުވައްޒިފުންގެ އަދަދު ދެ ގުނައަށް އިތުވާނެ: އާދަމް ޢާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ގުޅިފައިވާ ކޯލިޝަނުގެ ވެރިކަމުގައި ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑަށް އިތުރަށް ފުޅައުވެ މުވައްޒިފުންގެ އަދަދު ދެ ގުނައަށް އިތުވެގެންދާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޢާޒިމް ވިދާޅުވީ ކޯލިޝަނުގެ ވެރިކަމެއްގައި ކުންފުނިތަކުގެ އެއްވެސް މުވައްޒިފަކަށް ދެރަގޮތެއް ނުވާނެ ކމަށާއި ލިބޭނީ އިތުރުކުރިއެރުން ކަމަށެވެ. މެދުވެރިވާނީ މިހާރަށްވުރެ ރަނގަޅު ގޮތްތައް ކަމަށެވެ.

"ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ ކުންފުނިތަކުގެ މުވައްޒިފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ބުނެ އެބަ ބިރު ދައްކާ، އެއީ ކަނޑައެޅިގެން މުވައްޒިފުންނަށް ބިރުދައްކަން ދައްކާވާހަކަ. އެއްވެސް މުވައްޒިފަކު އެ ވާހަކަތައް ޤަބޫލު ނުކުރޭ."

އާދަމް ޢާޒިމް ވިދާޅުވީ ޤައުމަށް އެންމެ ބޮޑަށް ގެއްލިފައިވަނީ ޢަދުލު އިންސާފު ލިބުން ކަމަށްވެފައި މިވަނީ ވެރިކަން ކުރަން ތިބޭ ބައަކު ދައުލަތުގެ ޚަޒާނާއަށް އަތްބާނައި ވައްކަންކުރަން ބޭނުންވުމުން ކަމަށެވެ. ވައްކަން ކުރަން ބޭނުންވުމުން ޢަދުލު އިންޞާފުގެ ނިޒާމު އެގޮތަށް ބައްޓަންކޮށްފައިވަނީ ކަމަށެވެ.

"މިހާލަތުން ޤައުމު ސަލާމަތްކޮށް ތާހިރު މުއްސަނދި ދިރިއުޅުމެއް އުޅެވެން އޮތީ ބިރުފަހަނައަޅައި އެންމެން އެކުގައި ނުކުމެގެން. މިބުނަނީ ﷲ ތަޢާލާއަށް ބިރު ނުގަންނަ ވާހަކައެއް ނޫން. އަބަދުވެސް ތިބެންޖެހޭނީ ﷲ ތަޢާލާއަށް ބިރުވެތިވެގެން. މިބުނަނީ ސަރުކާރުން ދައްކާ ބިރުތަކަށް ފަސް ނުޖެހި ކެރިގެން ކުރިމަތިލާ ވާހަކަ." ކަމަށްވެސް އާދަމް ޢާޒިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް