ޕެރޫ-ބްރެޒިލް ބޯޑަރ ކައިރިއަށް ބާރުގަދަ ބިން ހެލުމެއް އަރައިފި

ޕެރޫ-ބްރެޒިލް ބޯޑަރ ކައިރިއަށް ބާރުގަދަ ބިން ހެލުމެއް އަރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ޕެރޫ- ޕެރޫ އަދި ބްރެޒިލް ގެ ބޯޑަރ ކައިރީގައި އޮންނަ ޕުއަޓޯ މަލްޑޮނާޑޯ އަށް މިއަދު ހެނދުނުގެ ވަގުތެއްގައި 7.1 މެގްނިޓިއުޑް ބާރުމިނުގެ ބިން ހެލުމެއް އަރައިފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ އިން ބުނިގޮތުގައި މިބިންހެލުން އަރައިފައިވަނީ 610 ކިލޯމީޓަރު އަޑިންނެވެ.

މިބިންހެލުމުގެ ސަަބަބުން ބިންގަނޑު ގުނޑަމުން އަންނަ ކަމުގެ އިޙުސާސްތަކެއް ޗައިލްގެ އުތުރުން އޮންނަ އެރިކާއާއޮ ހަމައަށް ވެސް ފޯރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއީ ބާރުގަދަ ބިންހެލުމެއް ކަމުގައިވީ ނަމަވެސް، މިބިންހެލުމާއި ގުޅިގެން ޕެސިފިކް ސުނާމީ ސެންޓަރުން ސުނާމީ އެއް އެރުމުގެ އެއްވެސް އިންޒާރެއް ނެރެފައެއް ނުވެއެވެ.

މިހާދިސާއާއި ގުޅޭ ގޮތުން ބިން ހެލުން އެރި ސަރަޙައްދަށް ގެއްލުމެއް ލިބުނުކަމުގެ އެއްވެސް ފޮޓޯއެއް އަދި ސޯޝަލް މީޑިއާ ގައިވެސް އަދި އެހެނިހެން ގޮތަކުން ވެސް ދައުރުވެފައެއް ނުވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ