އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެކަމަށް ގޮވާލުން އަދާލަތު ޕާޓީން ކުށްވެރި ކޮށްފި

އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެކަމަށް ގޮވާލުން އަދާލަތު ޕާޓީން ކުށްވެރި ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

މިއަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލުމުގެ އަމަލެއް ހިންގައިފިނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭކަމަށް، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ސުބްރަމާނިއަމް ސުވާމީ ކުރި ޓްވީޓު އަދާލަތު ޕާޓީއިން ކުށްވެރި ކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެޕާޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ އެއްވެސް ޤައުމަކުން ދިވެހިރާއްޖެ އިސްތިއުމާރު ކުރަން ޖެހޭ އެއްވެސް ހާލަތެއް އޮންނާނެކަމަށް އަދާލަތު ޕާޓީއިން ޤަބޫލު ނުކުރާ ކަމަށާއި ރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ މުސްތަޤިއްލު ދައުލަތެއް ކަމަށެވެ.

މީގެއިތުރުން އަދާލަތު ޕާޓީިން ބުނެފައިވަނީ އިންޑިއާ އަކީ ދިވެހިރާއްޖެއާއި އެންމެ އަވަށްޓެރި ޤައުމު ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުން އަރާފާނެ އެއްވެސް ކަމެއް އިންޑިއާއިން ނުކުރާނެކަން އިންޑިއާގެ އެކި ސަރުކާރުތަކުން ވޭތުވެދިޔަ ތަނުގައި ސާބިތުކޮށްދީފައިވާ ކަަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ