އިސްލާމް ދީނަށް ހަމަލާދެމުން އައި ޖަރުމަނުގެ ސިޔާސީ ލީޑަރު އާތަރ އިސްލާމް ވުމުން ގިނަ ބައެއްގެ ތަޢްރީފް

އިސްލާމް ދީނަށް ހަމަލާދެމުން އައި ޖަރުމަނުގެ ސިޔާސީ ލީޑަރު އާތަރ އިސްލާމް ވުމުން ގިނަ ބައެއްގެ ތަޢްރީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

އިސްލާމް ދީނަށް "ހަމަލާދެމުން" އައި ޖަރުމަނުގެ ސިޔާސީ ލީޑަރު އާތަރ ވެގްނަރ އިސްލާމް ވުމާއި ގުޅިގެން ގިނަ ބައަކު ދަނީ އޭނާއަށް ތަޢްރީފްކުރަމުންނެވެ. އާތަރ އިސްލާމްވުމަށްފަހު ވަނީ ޖަރުމަން ފާރައިޓް އޭއެފްޑީ ޕާޓީ ހިންގުމުގެ ދައުރުން އިސްތިއުފާވެސް ދީފައެވެ.

އޭނާގެ ޕާޓީއަކީ ޖަރުމަނުގައި އިސްލާމް ދީނަށް އެއްވެސް ޖާގައެއް ނެތްކަމަށް ބުނެ ބުރުގާ އެޅުމާއި ދެކޮޅަށް އެންމެ ގިނައިން އަޑުއުފުލާ ޕާޓީއެވެ. އާތަރ އިސްލާމް ދީނުގެ މައުލޫމާތު ހޯދައި ދަސްކުރަން ފެށީ އިސްލާމް ދީނަށް ހަމަލާދީ ފުރައްސާރަކުރުމަށެވެ. ނަމަވެސް ނިމިގެން ދިއައީ އިސްލާމް ދީން ޤަބޫލުކޮށްގެންނެވެ.

މިފަދަ ކަންކަމުން އެނގެމުންދަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް "ހަމަލާދޭން" ކުރިމަތިލަނީ އިސްލާމް ދީނުގެ ޙަޤީޤަތް ނުވެސް އެނގިތިބެ ކަމެވެ. އާތަރ އިސްލާމް ވުމުން މުސްލިމުންގެ ގިނަ ބައަކާއި ޖަމާއަތްތަކުން ގެންދަނީ އޭނާއަށް މަރުޙަބާ ކިޔަމުންނެވެ.

އާތަރ އިސްލާމްވިކަމުގެ ޚަބަރުތައް ފެތުރިފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް