މައްކާއަށް އެރި ވެލީގެ ތޫފާނަކަށްފަހު ކައުބަތުﷲ ގެފުޅުގައި ހުރި ސިއްރު ދޮރުކޮޅެއް ހާމަވެއްޖެ

މައްކާއަށް އެރި ވެލީގެ ތޫފާނަކަށްފަހު ކައުބަތުﷲ ގެފުޅުގައި ހުރި ސިއްރު ދޮރުކޮޅެއް ހާމަވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

މިއަހަރުގެ ޙައްޖުމަހަކީ މައްކާގައި ވަރަށް ގިނަ އާދަޔާ ޚިލާފު ކަންތައްތަކެއް ހިނގި ދުވަސްތަކެކެވެ.

އެގޮތުން ފަހަގަ ކޮށްލެވޭ ކަންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް ކަމަކީ، ޙައްޖު މަހުގައި، މައްކާއަށް އެރި ވެލީގެ ތޫފާނުގެ ހާދިސާއެވެ. މައްކާއަށް އެރި ތޫފާނުގެ ސަބަބުން، ކައުބަތުﷲ ގެފުޅުގެ ކިސްވާ (ގެފުޅުގެ ފޮތިކޮޅު) ގަދަވަޔާއއެކީ މައްޗަށް ވިހުރުވި އާދަޔާ ޚިލާފު މަންޒަރެއްވަނީ ހާމަ ވެފައެވެ. އަދި އެފޮތިކޮޅުވަޔާއި މައްޗަށް ވިހުރުވުމުގެ ސަބަބުން، ގެފުޅުގައި ހަދާފައިވާ އިތުރު ދޮރުކޮޅެއް ވަނީ ހާމަވެފައެވެ.

މައްކާއަށް އެވެލީގެ ތޫފާން އަރާފައިވަނީ އަރަފާތު ދުވަހުގެ އެއް ދުވަސް ކުރިންނެވެ. ވެލީގެ ތޫފާނަށްފަހު، ބޯކޮށް ވާރޭ ވެހުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކައުބަތުﷲ ގެފުޅުގައި ދެ ދޮރުކޮޅު ހުންނަކަން ގިނަ ބަޔަކަށް އެނގިފައެއް ނުވެއެވެ. ތޫފާނުގެ ސަބަބުން އެކަން ހާމަވުމުން، އެދޮރުކޮޅާއި ގުޅޭގޮތުން ވަނީ އިތުރަށް މައުލޫމާތު ހޯއްދަވާފައެވެ.

ކައުބަތުﷲ ގެފުޅުގައި ހިމެނޭ ސިއްރު ދޮރުކޮޅަކީ ޛިޖްރީން 64 ވަނަ އަހަރު ޢަބްދުﷲ ބިން ޒުބައިރު (ރަޟިއަﷲ އަންހު) ބިނާ ކޮށްދެއްވި ދޮރުކޮޅެކެވެ.

މިދޮރުކޮޅުގެ ޢަމަލީ މަސައްކަތް އެންމެ ފުރަތަމަ ފައްޓަވާދެއްވީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ކަމުގައިވާ އާއިޝާގެފާނު ވިދާޚުވިގޮތުގައި، އިތުރު އެކަލޭގެފާނަށް އެދުވަސްކޮޅު ކުރިމަތިވި މާއްދީ ދަތިކަމެއްގެ ސަބަބުން، އެދޮރުކޮޅު ބިނާކުރަން ފެށި ނަމަވެސް ނިންމެވޭ ގޮތް ނުވީއެވެ. އެހެންކަމުން އެކަލޭގެފާނަށްފަހު ދެން އެމަސައްކަތް ނިންމަވާދެއްވީ ޢަބްދުﷲ ގެފާނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް







މޫސަ އަންވަރު ޙަސަން 2018-09-02 16:15:45

ތިޔަ ޚަބަރުގައި ތިވާ މަޢްލޫމާތު ތަކަކީ ޞައްޙަ މަގުން އައިސްފައިވާ މަޢްލޫމާތު ތަކެއް ނުން، ހަތަރު ޚަލީފާއިންގެ ތެރޭގައި ޢަބުދު ﷲ ބިން ޒުބައިރު ކިޔާ ޚަލީފާއަކު ނުހުންނާނެ، އަދި ކީިރިތި ރަސޫލާގެ އަނބިކަނބަލުންގެ ތެރޭގައި ޢާއިޝާ ބިންތި ޢަބުދުﷲ ކިޔާ ބޭކަނބަލަކު ވެސް ނުހުންނަވާ، އެ ދޮރު ކޮޅަކީ ޢަބުދުﷲ ބުނު ޒުބައިރު މައްކާ އާއި މަދީނާގެ މައްޗަށް ވެރިކަން ކުރެއްވި ދުވަސްވަރު ބިނާ ކުރެއްވި ދޮރުޅެއް، އެއީ ރަސޫލާ ބިނާ ކުރައްވަން ފެއްޓެވި ދޮރުކޮޅެއްނުން، ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމުލް މުއުނީން ޢާއިސާ ބިންތު އަބޫބަުރުއްޞިއްދީޤަށް ޙަދީޘް ކުރެއްވީ ކަމަނާގެ ޤައުމުގެ މީޙުންނަކީ އަލަށް އިސްލާމް ވީ ބަޔަކަށް ނުވިނަމަ، އިބުރާހީމުގެފާނު ގެފުޅު ބީނާ ކުރެއްވި އަސާސްގެ މަތީގައި ތިމަންކަލޭގެފާނު ގެފުޅު އަލުން ބިނާ ކުރެއްވީމިހެވެ!

މޫސާ އަންވަރަށް 2018-09-02 16:30:00

https://theislamicinformation.com/hidden-door-holy-kaaba/


މަރިޔަމް ވަހީދާ