އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤްރްއާނަކީ ތިމާގެ އެކުވެރިއަކަށް ހަދައިފި މީހާ ބާއްޖަވެރިވެއްޖެ: ޝައިޚް ޢަލީ ޒާހިރު

ކީރިތި ޤްރްއާނަކީ ތިމާގެ އެކުވެރިއަކަށް ހަދައިފި މީހާ ބާއްޖަވެރިވެއްޖެ: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

"ޤްރްއާން ކިޔެވުމުން ހިތަށް ހަމަޖެހުން ގެނެސްދެއެވެ. ނުތަނަވަސްކަން ދުރުކޮށްދެއެވެ. އެއީ ﷲ ގެ ކަލާމްފުޅެވެ. ޤްރްއާނަކީ ތިމާގެ އެކުވެރިއަކަށް ހަދައިފި މީހާ ބާއްޖަވެރިވެއްޖެއެވެ."

މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މިއަދު ކުރައްވަވާފައިވާ ޓްވީޓެވެކެވެ.

ބައެއް ދިނީ އިލްމުވެރިން ވިދާޅުވެފައިވަނީ ކީރިތި ޤްރްއާނަކީ ތިމާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ހަދައިފި މީހާގެ އެންމެ ގާތް އެކުވެރިއަކަށް ކީރިތި ޤްރްއާންވާނެ ކަމަށެވެ. އަދި އެމީހަކަށް ދެދުނިޔޭގައިވެސް އެކަމުގެ މަންފާ ކުރާނެ ކަމަށެވެ.

އެކަމުގެ ދަލީލު ދައްކަވަމުން ވިދާޅުވަނީ ކީރިތި ޤްރްއާން ކިޔަވައި އަމަލުކުރި މީހާއަށްޓަކައި ޤިޔާމަތް ދުވަހު ކީރިތި ޤްރްއާން ﷲ ތަޢާލާގެ ޙަޟްރަތުގައި ވަކާލާތުކޮށް އޭނާގެ ފާފަތައް ފުއްސެވުން އެދި އާދޭސް ދަންނަވާނެ ކަމަށް އޮތް އޮތުން ދަލީލަކަށް ފުދޭ ކަމަށެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް