އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ އުންމަތް ބިނާކުރުމަށް މައިން އަދާކުރި ރަން ދައުރު ކީރިތި ޤްރްއާނާ އިސްލާމީ ތާރީޚުން ސާބިތުވޭ: ވައްހާޖް ޠަރިން

އިސްލާމީ އުންމަތް ބިނާކުރުމަށް މައިން އަދާކުރި ރަން ދައުރު ކީރިތި ޤްރްއާނާ އިސްލާމީ ތާރީޚުން ސާބިތުވޭ: ވައްހާޖް ޠަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ދުނިޔޭގެ އެންމެންނަށް ނިޞްބަތްކޮށް އެންމެ ނުފޫޒު ގަދަ މީހަކީ "މަންމަ" ކަމަށް ބުނުމުން ވަރަށް ގިނަ ބައަކަށް ކުއްލި ސިހުމެއް ލިބިދާނެއެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެވެ. ޙަޤީޤަތެވެ. އެކަން ދުނިޔެއިން ފެންނަމުން އަންނަ ގޮތެވެ.

އެކަން ޔަޤީން ކުރެވެނީ ދުނިޔޭގެ އެންމެ ބޮޑެތި ޢިލްމުވެރިންނާއި ލީޑަރުންނާއި ޤާބިލު މީހުންގެ ޢާއިލާއަށް ބެލުމުންނެވެ. ކީރިތި ޤްރްއާނުންނެވެ.

މިސާލެއްގެ ގޮތުން އިމާމް މާލިކުގެފާނުގެ ޙަޔާތްޕުޅަށް ބަލާށެވެ. ވަރަށް ކުޑައިރު ބައްޕާފުޅު ވަނީ ވާގިނެތިފައެވެ. ޕެރަލައިޒްވެފައެވެ. ދިރިއުޅުއްވުމަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް ކުރައްވައި އުޅުއްވި ކަމަކީ ދުނި ހެއްދެވުމެވެ. ބޭނުންފުޅުވީ ލަވަކިޔާ މީހަކަށް ވެވަޑައިގަތުމަށެވެ.

ދަރިންގެ ކިބައިގައި ހުންނަ ކަންކަން، ކުޅަދާނަކަން، އެދަރިންނަށް ލިބިގެންވާ ހުނަރު އެންމެ ބޮޑަށް އެނގޭނީ މައިންނަށެވެ. އެހެން ކަމާއިއެކު މަންމާފުޅު ބާރު އެޅުއްވެވީ ޢިލްމުވެރިއަކަށްވެވަޑައިގަތުމަށެވެ. އިމާމް މާލިކު އެކަމަށް ޝައުޤުވެރިކުރުވީ މަންމަގެ ޙިކުމަތްތެރި މަސައްކަތްޕުޅުތަކުންނެވެ.

ފުރަތަމަ ކަމެއްގެ ގޮތުން ބާޒާރަށް ވަޑައިގެން ބައްލަވައިގަތީ ޢިލްމުވެރިން ތުރުކުރައްވާފަދަ ހެދުންކޮޅެކެވެ. އެހެދުންކޮޅު ލެއްވުމަށްފަހު ދީނީ ޢިލްމުވެރިންނާއި ސުވާލުކުރާ ފަދައިން ސުވާލުކުރައްވަމުން ގެންދެވިއެވެ. "މެންދުރު ނަމާދުގައި ކިތައް ރަކްޢަތްތޯ؟" ފަދަ ވަރަށް އާދައިގެ ސުވާލުތަކެވެ. އެ ސުވާލުތަކަށް ޢިލްމުވެރިއެއް ފަދައިން 4 ރަކްޢަތް ކަމަށް ވިދާޅުވެ ޖަވާބު ދެއްވަމުން ގެންދެވިއެވެ.

ޝައިޚުން، ޢިލްމުވެރިންނާއި ބައްދަލުކުރުވައި އިސްލާމް ދީނުގެ ކަންކަން ދަސްފުޅު ކުރެއްވެވުމަށް ޝައުޤުވެރި ކުރުވީ ހަމަ މަންމާ ފުޅެވެ. މާލިކުގެފާނު އިމާމް މާލިކަކަށް ހެއްދެވީ ހަމަ މަންމާފުޅެވެ.

ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އިމާމް ޝާފިޢީގެފާނު އުފަންވެވަޑައިގަތްއިރުވެސް ބައްޕާފުޅު ދުނިޔޭގައި ނެތް ކަމަށެވެ. މާނައަކީ އުފަންވެވަޑައިގަތުމުގެ ކުރިން ބައްޕާފުޅު އަވަހާރަވެވަޑައިގެންފައިވުމެވެ. ބައްޕާފުޅު އަވަހާރަވީ އުފަންވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށްވެސް ބައެއް އިލްމުވެރިން ވިދާޅުވެއެވެ.

ކޮންމެ ގޮތެއްވީނަމަވެސް އިމާމް ޝާފިޢީގެފާނު ތަރުބިއްޔަތުކުރެއްވެވީ މަންމާފުޅެވެ. ކިޔަވާ ވިދާޅުވަން ސައުދިއަރަބިއްޔާއަށް ފޮނުއްވެވީ މަންމާފުޅެވެ. އިމާމް ޝާފިޢީގެފާނަކީ ދީނުގެ 4 އިމާމުންގެ ތެރެއިން އިމާމަކަށްވެވަޑައިގެންފައިވަނީ ހަމަ މަންމާފުޅުގެ ޙިކުމަތްފުޅުންނެވެ.

އިސްމާޢީލްގެފާނަކީ މުސްކުޅިފުޅު މަންމާފުޅަކު ގިނިކަންޏާ ބަލައި ބޮޑުކުރައްވައި ތަރުބިއްޔަތު ކުރެއްވެވި ބޭކަލެކެވެ. ސަހަރާ ތެރެއަށް ދެމައިން ގިނިކަންޏާ ދޫކޮށްލައްވަވާފައި ބައްޕާފުޅު އިބްރާހީމްގެފާނު ވަޑައިގެންނެވި ކަމާއި ދެން ކަންކަން ހިނގައި ދިއަ ގޮތް ކީރިތި ޤްރްއާނުން އެއޮތީ އެނގޭށެވެ.

ދެން ނިކަންވިސްނައިބަލާށެވެ. މައިންނަކީ ނުބައި ޖާހިލުންނަށް ވުމުން ކަންކަން ވެފައިވާ ގޮތަށެވެ. ނޫޙުގެފާނާއި ލޫޠްގެފާނަކީ ކޮންފަދަ މާތް ދެ ރަސޫލުބޭކަލުންތޯއެވެ! މައިންނަކީ ޖާހިލުންނަށްވުމުން ދަރިން މަގުން ކައްސާލައިގެން ދިއަ ގޮތް ވެސް އެއޮތީ ހަމަ ކީރިތި ޤްރްއާނުން ފެންނާށެވެ!

މައިންނަށް ގޮވާލަން ބޭނުންވަނީ ހަރުދަނާ ވުމަށެވެ. ދަރިން ފުރިހަމަ މުސްލިމުންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. އިސްލާމް ދީން މަތިވެރިކޮށް އިސްލާމް ދީނަށް ނަޞްރުދޭ ބައަކަށް ހެދުމަށެވެ. ތިއަ ލޮބުވެތި ކަނބަލުންނަށް އެކަން ކުރެވޭނެއެވެ. މިކިޔައިދިނީ މައިންނަށް އެކަން ކުރެވޭނެ ކަމުގެ ސާބިތު މިސާލުތަކެވެ. މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ މައިންނަށް ޤިޔާމަތް ދުވަހުން ލިބޭނެ ނިޢްމަތްތަކުގެ ބޮޑުކަމާއިއެވެ.

- ވައްހާޖް ޠަރިންގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް