އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން ތިބީ މަނިކުފާނު ދެއްވާ 1 ވަނަ ބޭނުންވެގެން އިސްލާމް ދީނާ ޚިލާފް ކަންތައްތައް ކުރާ ގޮތަކަށް ނޫން: ސަމީރު

ރައްޔިތުން ތިބީ މަނިކުފާނު ދެއްވާ 1 ވަނަ ބޭނުންވެގެން އިސްލާމް ދީނާ ޚިލާފް ކަންތައްތައް ކުރާ ގޮތަކަށް ނޫން: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ދިވެހި ރައްޔިތުން މިއަދު ތިބީ ރައީސް ޢަބްދުﷲ ޔާމީން 1 ވަނަ ހުށަހެޅުއްވުމުން އެ 1 ވަނަ ޤަބޫލުކޮށް އިސްލާމް ދީނާ ޚިލާފް ކަންތައްތައް ކުރާ ގޮތަކަށް ނޫން ކަމަށް އަދި އެފަދަ ކަންކަމުގައި ރައީސް ޔާމީނާއި އަދި އެމަނިކުފާނުގެ ސަރުކާރާއި ބައިވެރިވާ ގޮތަށް ވެސް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިއަދު ވިދާޅުވީ ހުރިހާ ކަމަކުން 1 ވަނަ ހޯދަން ރައީސް ޔާމީނާއި ބައިވެރިވުމަށް ރައީސް ޔާމީނު މިއަދު ރައްޔިތުންނަށް ދެއްވި ދައުވަތަކީ ވަރަށް ބިރުވެރިކަން ބޮޑު ދައުވަތެއް ކަމަށެވެ. އެ ދައުވަތު ޤަބޫލުކުރި އެއްވެސް މީހަކަށް ދެ ދުނިޔޭގައިވެސް ސަލާމަތްކަމެއް ނެތްކަން ދީނީ ޢިލްމުވެރިން އެގެންދަވަނީ ތަކުރާރުކުރައްވައި ބަޔާންކުރައްވަމުން ކަމަށެވެ.

"އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން މިފެންނަނީ އިސްލާމް ދީނުގަ ކަނޑައެޅިގެން ޙަރާން ކަންކަން ހުއްދަކުރުން. ވައްކަން. ފަސާދަ، އަނިޔާވެރިކަން، އަދުުލުވެރިކަން އެއްވެސް މިންވރަކަށް ނެތުން. ރައްޔިތުންގެ ޙައްޤުތަކަށް ފައުުގައި އަރައިގަތުން. ބުދު ބަހައްޓައި ބުދު ކޯލު ހެދުން. ވައްކަން ކުރި ކަމަށާއި ރިޝްވަތު ދިނިން ކަމަށް އަމިއްލައަށް އެއްބަސްވީމާ ވެސް މައްސަލަ ނުވެސް ބެލުން. އަގު ދިނީމާ ހިލޭ އަންހެނުންނާއެކު ހާހިޝް އަަމލުތައް ހިންގުން ހުއްދަވުން. އެޑްވާންސްކޮށް ވައްކަން ކުރުމުގައި މައްސަލައެއް ނެތުން. މިހެން ގޮސް ﷲ ނަހީ ކުރެއްވެވި ހުރިހާ ކަންކަން ފެންނަމުން މިދަނީ."

ސަމީރު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ މިފަދަ ހުރިހާ ކަމަކުން ސަލާމަތްވާން ކަމަށެވެ. އެހެންކަމުން ރައްޔިތުން ތިބީ މިސަރުކާރުން ކުރާ މިފަދަ ހުރިހާ ކަންކަމަށް ފައުޅުކަން ބޮޑު ގޮތެއްގައި ނޫނެކެވެ ބުނެ މިސަރުކާރު ބަދަލުކުރަން ތައްޔާރަށް ކަމަށެވެ.

ސަމީރު ވިދާޅުވީ މައިން ބަަފއިން، މުދައްރިސުން ކުޑަކުދިންނަށް 1 ވަނަ އާއި ސްޓާރ ދީގެން ކަންކަން ކުރުވާ އުޞޫލުން ރައްޔިތުންނަށް 1 ވަަނަ ހުށަހަޅުއްވައިގެން އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ކުރާ އިސްލާމް ދީނާއި ޚިލާފު ކަންކަމުގައި ރައްޔިތުން ބައިވެރިކުރުވަން އުޅުނު ނަމަވެސް ރައްޔިތުން ތިބީ އެވިދާޅުވާ 1 ވަނަ ބޭނުންވެގެން އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރަށް ތާއީދުކުރާ ގޮތަށް ނޫން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ނުކުމެ ލާ ވޯޓުގައި އެކަން ދައްކާނެ. އެކަން ޔަޤީންވެވަޑައިގަންނަވާތީ މިހާރު އެއްވަނަ އާ ވަނަތައް ހުށަހަޅުއްވަން އެ ފެށްޓެވީ" ސަމީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް