5 މިނިޓް ޤްރްއާން ކިޔަވާލައިގެން މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ބޭނުންތަ؟

5 މިނިޓް ޤްރްއާން ކިޔަވާލައިގެން މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ބޭނުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ކޮންމެ ރެއަކު 100 އާޔަތް ކިޔެވުމަކީ މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބޭ ކަމަކެވެ. އަދި އެއީ ވަރަށް ފަސޭހައިން އެންމެ 5 މިނިޓު ތެރޭގައިވެސް ކުރެވެން އޮތް ކަމެކެވެ.

އައްރަޙްމާން ސޫރަތުގައި 78 އާޔަތްވެއެވެ. މުލްކް ސޫރަތުގައި 30 އާޔަތްވެއެވެ. އެހެންކަމުން މި ދެ ސޫރަތް ކިޔެވި ނަމަވެސް 108 އާޔަތް އެބަކިޔެވެއެވެ. އަލްވާޤިޢަތު ސޫރަތުގައި 96 އާޔަތް ވެއެވެ. މި 3 ސޫރަތް ކިޔަވައިފިނަމަ 204 އާޔަތް ކިޔެވޭނެއެވެ.

މި 3 ސޫރަތް ޢާންމުކޮށް ކިޔާ މީހަކު ފަސޭހަކަމާއިއެކު 10 މިނިޓުން ކިޔަވާނެއެވެ. އެހެންކަމަށްވާއިރު 5 މިނިޓުން 100 އާޔަތް ކިޔަވައި މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބިގަތުމުގެ ފުރުޞަތު މިއޮތީ ވަރަށް ފަހިކޮށެވެ.

100 އާޔަތް އެމީހަކު ބޭނުން ސޫރަތަކުން ކިޔެވިދާނެއެވެ. ނުވަތަ ސޫރަތް ތަކަކުންވެސް ކިޔެވިދާނެއެވެ. މި 3 ސޫރަތުގެ ވާހަކަ ބަޔާން މިކުރީ ޢާންމުކޮށްވެސް ގިނަ ބައަކު ކިޔަވާ ވަރަށް ފަރިތަ ސޫރަތްތަކަކަށްވާތީއެވެ.

މައުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް