ޗެކުކުރަން ޕީރިއަޑްވެފަހުރި ޒައިނަބްގެ ޕެޑް ނެއްޓުމަށްފަހު ބެޖުގަ އަތް އަޅައިގެން އެމެރިކާގެ ސެކިޔުރިޓީން ފިލައިފި

ޗެކުކުރަން ޕީރިއަޑްވެފަހުރި ޒައިނަބްގެ ޕެޑް ނެއްޓުމަށްފަހު ބެޖުގަ އަތް އަޅައިގެން އެމެރިކާގެ ސެކިޔުރިޓީން ފިލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

އެމެރިކާގެ ހާރވާޑް ޔުނިވަރސިޓީން ގްރެޖުއޭޓްވެގެންހުރި ޒައިނަބް މަރޗަންޓް އުދުހޭ ކޮންމެ ފަހަރަކުވެސް ސެކިޔުރިޓީ ޗެކު ކުރުމުގައި މުޞީބާތްތައް ކުރިމަތިވުމަކީ ޢާންމު ކަމެކެވެ. ނަމަވެސް އުމުރުން 27 އަހަރުގެ ޒައިނަބަސް މިފަހަރު ކުރިމަތިލާން ޖެހުނު ޙާލަތު ތަފާތެވެ.

ބޮސްޓޮން އިން ވޮޝިނގޓަނަށް ދަތުރުކުރުކުރަން އުޅުމުން ސިކިއުރިޓީ ޗެކުކުރަމުން ގޮސް ލައިގެން ހުުރި ޖަނގިޔާ ބާލަންވެސް ޖެއްސުވީއެވެ. ހުރީ ޕީރިއަޑްވެ ކަމަށް ބުނުމުން އެންގީ ޕޭޑް ވެސް ނައްޓާފައި ދެއްކުމަށެވެ. ވަކީލަކު ހާޒިރު ކުރަން އެދުމުން އެ ފުރުޞަތުވެސް ނުދިނުމުން ދެން އެހެން ގޮތެއް ނެތިގެން ޒައިނަބަށް ޖެހުނީ ލެއިން ތަތްވެފައި އޮތް ޕެޑް ވެސް ނަގައި ހަވާލުކުރާށެވެ.

ޕެޑް ހަވާލުކުރުމަށްފަހު ސެކިޔުރިޓީންގެ ނަމާއި ޓެގް ފޮޓޯ ނަގަން އުޅުމުން އަތް އަޅައިގެން ވަނީ ފިލައިފައެވެ. ޒައިނަބުގެ ފަރާތުން މިހާރު ގެންދަނީ އެކަންކުރި އޮފިސަރުން ހޯދައި ޒިންމަދާރުކުރުވޭތޯ މަސައްކަތްކުރަމުންނެވެ.

އެމެރިކާގެ ވެރިކަމަށް ޓްރަމްޕް އައިފަހުން މުސްލިމުންނާއިމެދު ކަންކަން ކުރަމުން ގެންދަނީ އަޅުންނާއިމެދު ކަންކަން ކުރާ އުޞޫލުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް