ޑޮކްޓަރަކަށް ވާން ބޭނުންތަ؟ މިއޮތީ ރަނުގެ ފުރުޞަތެއް!

ޑޮކްޓަރަކަށް ވާން ބޭނުންތަ؟ މިއޮތީ ރަނުގެ ފުރުޞަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ދިވެހިރާއްޖޭގެ ސްކޫލްތަކުން ސްކޫލްނިންމާ ވަރަށް ގިނަ ދަރިވަރުންނަކީ މަތީތަޢުލީމް ހާޞިލްކުރަން ބޭނުންވާ ދަރިވަރުންނެވެ. ޚާއްސަކޮށް ޑޮކްޓަރުކަން ފަދަ ފަންނީ ދާއިރާތަކަކީ ގިނަ ދަރިވަރުންތަކެއް އެ ރޮނގުތަކުން ކުރިއަށްދާން ބޭނުންވެފައިވާ ދަޢިރާތަކެވެ. ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކިޔެވުމަށް ބޮޑު ޢަދަދެއްގެ ފައިސާ ޙަރަދުވުމާއި، އެ ފުދުންތެރިކަން ދަރިވަރުގެ ބެލެނިވެރިންނަށް ނެތުމެވެ. އަދި ހަމަ އެހެންމެ އޯލެވެލް ގައި ވަރަށް ފުރިހަމަ ނަތީޖާއެއް އޮތްނަމަވެސް، އޭލެވެލް ގެ ނަތީޖާ ކޯހުގެ ޝަރުތުތަކަށް ނުފެތުމެވެ.ނަމަވެސް އެކްސެސް ސްޓަޑީ އެބްރޯޑް (އަސާ)ގެ ފަރާތުން މިވަނީ މިފަދަ ގޮންޖެހުންތަކާހުރެ ކިޔެވުން ކުރިއަށްނުގެންދެވިފައިތިބި އެތަކެއް ދަރިވަރުންތަކަކަށް އެ ގޮންޖެހުންތަކުގެ ހައްލު ހޯދާދީފައެވެ. އަސާ އަކީ ދިވެހި ދަރިވަރުން ނަށް މަތީތައުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ދުނިޔޭގެ އެކިޤައުމުތަކުން ހޯދާދޭ،ހިލޭސާބަހަށް މަސައްކަތްކުރާ ދިވެހި ފަރާތެކެވެ. މިގޮތުން މެޑިސިންގެ ދާއިރާއިން މަތީތައުލީމް ހާޞިލްކޮށްދިނުމަށް ކިރިގިސްތާނުގެ އިންޓަރނޭޝަނަލް ސްކޫލް އޮފް މެޑިސިން (އައި. އެސް.އެމް.)އާ ގުޅިގެން ވަރަށްހެޔޮ އަގެއްގައި ތައުލީމް ފޯރުކޮށްދިނުމަށް ފުރުޞަތު ހުޅުވާލައި، މިއަހަރުގެ ސެޕްޓެމްބަރ އިންޓޭކަށް، ދަރިވަރުން ފޮނުވުމުގެ މަސައްކަތްތައް ކުރިއަށްދަނީއެވެ. މިވަގުތުވެސް، އަސާގެ އައި.އެސް.އެމް.ގައި ދިވެހި ދަރިވަރުންތަކެއް ޑަކްޓަރުކަން ކިޔަވަމުންއެބަގެންދެއެވެ.

އެޖެންޓްފީ ގެ ގޮތުގައި އެއްވެސް ފީއެއް ނެގުމަކާއިނުލައި އަސާގެ ފަރާތުން ފޯރުކޮށްދޭ މިހިދުމަތްކާއިބެހޭ އިތުރު މައުލޫމާތު ހޯދުމާއި، ކިރުގިސްތާނުގައި މިވަގުތު ކިޔަވަމުންދާ ބައެއް ދަރިވަރުންނާއި ބައްދަލުކޮށް ވާހަކަދެއްކުމުގެ އިތުރުން ކިރުގިސްތާނުގެ އައި.އެސް.އެމް.ގައި މެޑިކަލް ފައުންޑޭޝަން ނުވަތަ ޕްރީ-މެޑިސިން ހެދުމަށް އަދި އެމް.ބީ.ބީ.އެސް./އެމް.ޑީ. ޕްރޮގްރާމްގައި ރެޖިސްޓަރ ކުރުމާއިބެހޭ މައުލޫމާތުދިނުމަށް "އަސާ އިންފޯ ސެޝަން – އައި.އެސް.އެމް." ގެ ނަމުގައިބައްވާ ހަރަކާތެއް މިހިނގާ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް ގަލޮޅު އެކްސިސް ކެފޭގައި ކުރިއަށް ގެންދިޔުމަށް އަސާ އިން ވަނީ ނިންމާފައެވެ. އަދި މިހަރަކާތުގައި މިފަދަ ފުރުސަތެއްގެ އިންތިޒާރުގައި ތިބި ހުރިހާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު އަސާއިން ވަނީ އާނމުކޮށް ހުޅުވާލާފައެވެ.

އައި.އެސް.އެމް.އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯ. އާއި، ދިވެހިރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން އެޕްރޫވްކޮށް ރެކޮމެންޑްކޮށްފައިވާ މެޑިކަލް ސޮކޫލެކެވެ.

ކިޔަވައިދިނުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރާ މިމެޑިކަލް ސްކޯލުގައި ދުނިޔޭގެ އެކި ގައުމުތަކުން ދަރިވަރުން ތައުލީމް ހާސިލްކުރައްވަމުން ގެންދަވައެވެ. އަދި މިމެޑިކަލް ސްކޫލަކީ ދިވެހިރާއްޖޭގެ ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން މަތީ ތައުލީމްހާސިލްކުރާ ދަރިވަރުންނަށް ލޯނުގެ އެހީވެސް ދޫކުރާ މެޑިކަލް ސްކޫލެއްކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


66%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު