ޛިކުރު ކުރުމުގައި ގުނަން ތަސްބީޙަ ބޭނުން ކުރެވިދާނެތަ؟

ޛިކުރު ކުރުމުގައި ގުނަން ތަސްބީޙަ ބޭނުން ކުރެވިދާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

"އެންމެ ރަނގަޅު ގޮތަކީ ޙާޖަތެއް ނެތް ނަމަ އެއިގެ (ތަސްބީޙަފަތީގެ) ބޭނުން ނުކުރުމެވެ. އެއީ ދެއްކުންތެރިކަމުން ސަލާމަތްވުމަށްޓަކައެވެ. ޙާޖަތެއް ޖެހިގެން، މިސާލަކަށް (ހަނދާން ނެތޭ މީހުން، ހަނދާން ބަލި މީހުން) ތަސްބީޙަފަތީގެ ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ."

- އައްޝައިޚް އަޙްމަދު ރިމާޒް

މިކަމާއި ގުޅިގެން އިމާމް އަހްމަދު، އަބޫ ދާއޫދުގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވަނީ އިނގިލިން ގުނުމަށް ރަސޫލާ (ޞޢވ) އަމުރުފުޅު ކުރެއްވެވި ކަމަށާއި އިނގިލިތައް ޤިޔާމަތް ދުވަހު ހެކިދޭނެ ކަމަށް ބަޔާން ކުރެއްވެވި ކަމަށެވެ.

ހަމައެއާއިއެކު ކަދުރު އޮށް ފަދަ ތަކެތި ބޭނުންކޮށްގެން ގުނާތަން ރަސޫލާ (ޞޢވ) އަށް ފެނިވަޑައިގަތުމުން އެކަން މަނާ ނުކުރައްވާ ކަމަށް ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާގެ އަރިއަހުން ރިވާވެގެންވެއެވެ.

ދީނީ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ތަޞްބީހަފަތި ނުވަތަ ގުނާ މެޝިން ބޭނުން ކުރުން މަނާ ނޫން ކަމަށާއި ނަމަވެސް ރަނގަޅު ގޮތަކީ ވީހައި ބޮޑަށް ފޮރުވައިގެން ގެންގުޅުން ކަމަށެވެ. އެހެން މީހުންނަށް ފެންނަ ގޮތަށް ގެންގުޅުމުން ދެއްކުންތެރިކަމުގެ އަމަލަކަށް ވެދާނެ ކަމަށްޓަކައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް