ޖިންނި ޝައިޠާނުން ބޭނުންކޮށްގެން ސިހުރު ހެދި މީހާ ހޯދަން މަސައްކަތްކުރުމެއް ނެތް: އާސިރު

ޖިންނި ޝައިޠާނުން ބޭނުންކޮށްގެން ސިހުރު ހެދި މީހާ ހޯދަން މަސައްކަތްކުރުމެއް ނެތް: އާސިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ސިހުރު ހެދި މީހާ ޔަޤީން ކުރެވޭނެ ގޮތެއް އެބައޮތްތޯ؟

މިސުވާލުގެ ޖަވާބުގައި ޢާޞިރު ވިދާޅުވީ "ސިހުރު ހެދި މީހާ ހޯދާނެ ވަކި ރުޤްޔާއެއް ނުވަތަ ވަކި ޚާއްޞަ ކަމެއް ކުރަން ނުއޮންނަ ކަމަށެވެ. އަދި ޖިންނި ޝައިޠާނުން ބޭނުންކޮށްގެންވެސް އެބާވަތުގެ އެއްވެސް ކަމެއް ކުރުމެއްވެސް ނުވެއެވެ.

އެހެނީ މިކަމަކީ ވަރަށް ބޮޑު ފިތުނަތަކަށް ދޮރުހުޅިވިގެންދާނެ ކަމަކަށް ވާތީ ކަމަށްވެސް ޢާސިރު ވަނީ ވިދާޅުވެފައެވެ.

ސިހުރު ހެދި މީހާ ހޯދަން ގިނަ ބައަކު ވަރަށް ބޮޑަށް ބޭނުންވެއެވެ. އެކަން ކުރުމަށްޓަކައި އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަންވެސް ބައެއް މީހުން ދަނީ ކުރަމުންނެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވަނީ ކޮންމެ ކަމެއް ކުރި ނަމަވެސް ކަނޑައެޅިގެން ޔަޤީންކަމާއިއެކު އެކަންކުރި މީހާ ނުއެނގިދާނެއިރު ކުރެވޭ ތުހުމަތެއްގެ ސަބަބުން އަމިއްލަ ޢާއިލާގެ މީހަކާއި ނުވަތަ ޢާއިލާގެ ބައަކާއި ނުވަތަ އެހެން މީހަކާއިމެދުވެސް އުފެދިދާނެ ފިތުނައަކުން ލިބޭނެ ގެއްލުންތަކުގެ ނުރައްކާ މާބޮޑު ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް