ކީރިތި ޤްރްއާނަށް އަދާކުރަންޖެހޭ 4 ހައްޤެއް ވެއެވެ:. ޝައިޚް ޢަލީ ޒާހިރު

ކީރިތި ޤްރްއާނަށް އަދާކުރަންޖެހޭ 4 ހައްޤެއް ވެއެވެ:. ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

"ޤްރްއާނުގެ 4 ހައްޤެއް އަޅުގަނޑުމެން އަދާކުރަންޖެހެއެވެ. އެއީ .1 ޤްރްއާން ކިޔެވުމާއި .2 މާނަ ދެނަގަތުމާއި .3 ޢަމަލުކުރުމާއި .4 އާޔަތްތަކާއި މެދު ވިސްނައި ތަދައްބުރު ކުރުމެވެ.

ތަދައްބުރު ކުރުމަކީ ކަންކަމާއިމެދު އަދި ކަންކަން ހިނގަމުންދާ ގޮތާއިމެދު ވިސްނައި ފިކުރުކުރުމެވެ. އެހެންކަމުން އެނގިގެންދަނީ ކީރިތި ޤްރްއާނުގެ އާޔަތްތަކުގައިވާ ކަންކަމާއިމެދު ވިސްނައި ފިކުރުކުރަންޖެހޭ ކަމެވެ. އަދި އެ އާޔަތްތަކުގައި ބަޔާންވެގެންވާ ކަންކަން ތެދު ހަޤީޤަތުގެ ގޮތުގައި ލޯތަކަށް ފެންނަމުން އަންނަ މިންވަރާއި މެދުވެސް ވިސްނައި ފިކުރުކުރަންޖެހޭނެ ކަމެވެ. ޙާޞިލުވަމުން އަންނަ ފައިދާތަކާއިމެދު ވެސް ވިސްނައި ފިކުރުކުރަންޖެހޭނެ ކަމެވެ.

ސައިންސްވެރިން ހޯދާ ހޯދުންތަކުން އެނގި ޔަޤީންވަމުންދަނީ ކީރިތި ޤްރްއާނުގަައި ބަޔާންވެގެންވާ އާޔަތްތަކުގެ ތެދުކަމެވެ. އެހެންކަމުން ސައިންސާއި ޓެކްނޮލޮޖީގެ އެއްވެސް މިންވަރެއްވެސް ދުނިޔޭގައި ނެތް ޒަމާނެއްގައި ކީރިތި ޤްރްއާނުގެ އާޔަތްތަކުގައި އެކަންކަން ބަޔާންވެގެންވުމަކީ ކީރިތި ޤްރްއާނުގެ މަތިވެރިކަން އިތުރަށް ސާބިތުވަމުން އަންނަ އެންމެ ބޮޑު އެއް ދަލީލު ކަމަށް ބަލައި ގިނަ އަދަދެއްގެ ސައިންސްވެރިންނާއި ގިނަ ބައަކު ދަނީ ކީރިތި ޤްރްއާން ބަލައިގަނެ އިސްލާމްވަމުންނެވެ.

އެހެންކަމަށްވާއިރު ﷲ ތަޢާލާ އަށް އީމާންވެގެން ތިބޭ ބައަކު ކީރިތި ޤްރްއާނާއިމެދު ވިސްނައި ފިކުރުކުރުމުން ލިބޭނެ ފައިދާތަކާއި ކުރިއެރުން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް