މޫނު އަޅާ މީހެއް ނަމަވެސް، ނޫން ނަމަވެސް ހިލޭ އަންހެނުންގެ މޫނު ފިރިހެނުން، ހިލޭ ފިރިހެނުންގެ މޫނު އަންހެނުން ބެލުމެއް ނެތް: ޑރ. އިޔާޟް

މޫނު އަޅާ މީހެއް ނަމަވެސް، ނޫން ނަމަވެސް ހިލޭ އަންހެނުންގެ މޫނު ފިރިހެނުން، ހިލޭ ފިރިހެނުންގެ މޫނު އަންހެނުން ބެލުމެއް ނެތް: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

"މޫނު ބުރުގާ އަޅާ އަންހެނަކު މަރުވުމަށްފަހު ހިނަވާފައި އޮންނައިރު، މޫނު ނާޅާ ބޭއްވިދާނެތޯ؟"

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:

"މޫނު ނިވާކުރުމަކީ ވާޖިބު ކަމެއް ނޫނެވެ. ވީމާ މައްޔިތާގެ މޫނު ނާޅާވެސް މިސްތަކުންނަށް ދެއްކުމަށް ބޭއްވިދާނެ. ނަމަވެސް މީގެ މާނައަކީ ހިލޭ ފިރިހެނުން އޭނާގެ މޫނު ބަލަން ދިއުމެއް ނޫނެވެ. މޫނު އަޅާ މީހެއް ވިޔަސް އަދި ނޫން ނަމަވެސް ހިލޭ ފިރިހެނުން އަންހެނުންގެ މޫނު ބަލަން ގޮސްގެން ނުވާނެއެވެ. ހަމަ އެފަދައިން ހިލޭ ފިރިހެނުންގެ މޫނު ބަލަން އަންހެނުން ހޮސްގެންވެސް ނުވާނެއެވެ.

މައްޔިތާއަށްޓަކައި ކުރަން އެންމެ މުހިންމު ކަމަކީ މައްޔިތާގެ ކަށުނަމާދުގައި ބައިވެރިވުމާއި ޖަނާޒާގައި ބައިވެރިވުމެވެ. ކަށުނަމާދެއްގައި ބައިވެރިވެއްޖެ ނަމަ ޤިރާތެއްގެ ސަވާބު އަދި ޖަނާޒާގައި ބައިވެރިވި ނަމަވެސް ޤިރާތެއްގެ ސަވާބު ލިބޭނެއެވެ. ޤިރާތަކީ އުހުދު ފަރުބަދަ އާއި އެއްވަރެވެ.

އެހެންކަމުން ކަށުނަމާދާއި ޖަނާޒާއެއްގައި ބައިވެރިވުމުން ލިބެންހުރި ސަވާބު ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑެވެ.

ކަށުނަމާދުގެ މައުލޫމާތު އޮޅުންފިލުވައިގެން މިސްކިތަށް ގޮސް ބައިވެރިވާ ބައަކު އުޅޭކަން ފާހަގަކުރެވޭއިރު ކުރިން މައުލޫމާތު އޮޅުންފިލުވުމަކާއި ނުލައި ވެސް ކަށުނަމާދެއްގައި ބައިވެރިވެވޭތޯ ބަލަން އާސަހަރާ މިސްކިތަށް ދާ ބައަކުވެސް އުޅޭކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް