ޙަލާލު އެއްޗެއް ޙަރާމް ކުރެވިއްޖެނަމަ ބުނެވުނު ބަސް އަނބުރާ ގެނެސް ތައުބާވާން ޖެހޭނެ: ޑރ. އިޔާޟް

ޙަލާލު އެއްޗެއް ޙަރާމް ކުރެވިއްޖެނަމަ ބުނެވުނު ބަސް އަނބުރާ ގެނެސް ތައުބާވާން ޖެހޭނެ: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

"ރުޅި އައިސްގެން މީހަކާ ދިމާއަށް އެމީހާ ކައްކާއެއްޗެއް މަށަށް ޙަރާމޭ ބުނެވިއްޖެނަމަ އެބަސް އަނބުރާ ގެންނާނީ ކިހިނެއްތޯ؟ ދެން ކިހިނެއްތޯ ކަންތައް ކުރާނީ؟"

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދި އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:

"ތިމަންނާ (ބުނި) ބަސް އަނބުރާ ގެނެސްފީމޭ ބުނާނީ. އަދި ﷲ ގެ ހަޟްރަތުގައި ތައުބާވާނީ." ކަމަށެވެ.

މިބާވަތުގެ ބަސްތައް އަންނަ ރުޅީގައި ބައެއް މީހުންނަށް ބުނެވެނީ އެކަމުގައި ހުރި ކަންކަން ރަނގަޅަށް ނުއެނގޭތީއެވެ. ދީނުގެ ޙުކުމްތައް އޮޅުން ނުފިލާތީއެވެ. ތައުބާވާން ޖެހޭ ވަރުގެ ކުށެއް ކުރެވިއްޖެނަމަ ތައުބާ ނުވެއެއް ނުފުދެއެވެ. ޖެހޭނީ ތައުބާވާށެވެ.

ކޮންމެ މީހަކު ކެއްކި ނަމަވެސް ޙަލާލު ކޮންމެ އެއްޗެއްވެސް ޙަލާލުވާނެއެވެ. ޙަރާމްވާނީ ޙަރާމްތަކެއްޗެވެ. ވީމާ ކައްކާ މީހެއްގެ ސަބަބުން އެއްވެސް އެއްޗެއް ޙަރާމެއް ނުވާނެއެވެ. ވީމާ ތައުބާވާން މިޖެހެނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އެއްޗެއް ޙަރާމް ކުރުމުންނެވެ. ﷲ ތަޢާލާ ޙަލާލް ކުރެއްވި އެއްޗެއް އެއީ ޙަރާމް އެއްޗެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އަދި ހަމަ އެފަދައިން ﷲ ތަޢާލާ ހަރާމް ކުރެއްވެވި އެއްވެސް އެއްޗެއް ހަލާލުކުރުމުގެ ބާރުވެސް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް