ނުހައްޤުން މީހުން ކަނޑާ މީހާއަށް އަބަދަކު ބޮޑު މަޤާމުގަ ބަގުޑި ބައްދައިގެން ނުހުރެވޭނެ:. ޝައިޚް ޢަލީ ޒައިދު

ނުހައްޤުން މީހުން ކަނޑާ މީހާއަށް އަބަދަކު ބޮޑު މަޤާމުގަ ބަގުޑި ބައްދައިގެން ނުހުރެވޭނެ:. ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އަނިޔާވެރި ގޮތުގައި މީހުން ވަޒީފާއިން ވަކިކުރަމުންގެންދާ މީހުންނަށް ވެސް އަބަދު ވަޒީފާތަކުގައި ނުތިބެވޭނެ ކަމަށާއި ތިމާގެ ވަޒީފާ ވެސް ގެއްލިދާނެ ދުވަހެއް އަންނާނެކަން ޤަބޫލުކޮށް އަނިޔާވެރި ގޮތުގައި މީހުން ވަޒިފާ ތަކުން ވަކިނުކުރުމަށް ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ތަންތަނުން މީހުން އަނިޔާވެރި ގޮތެއްގައި ކަނޑާނަމަ، ދަންނަންވީ އެބައަކު ވެސް ވަޒީފާގައި އިސްވެރިންގެ ގޮތުގައި މަޤާމުތަކުގައި ބަގުޑި ބައްދައިގެން އަބަދު ނުތިބެވޭނެކަން ކަމަށެވެ.

ތިމާމެންވެސް ވަޒީފާއިން ވަކިކުރެވި ގެއަށް ދާންޖެހޭނެ ދުވަހަކާއި ކުރިމަތިލާނޖެހިދާނެކަން ދަންނަން ޖެހޭނެ ކަމަށާއި ނުހައްޤުން މީހުން ވަޒީފާތަކުން ވަކިކުރުން ހުއްޓާލަންޖެހޭ ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.

"ތަންތަނުން މީހުން އަނިޔާވެރި ގޮތެއްގައި ކަނޑާނަމަ، އެބައަކު ދަންނަންވީ އެބައަކު ވަޒީފާގަ، އިސްވެރިންގެ ގޮތުގައި މަޤާމުތަކުގައި ބަގުޑި ބައްދައިގެން އަބަދަކު ނުތިބެވޭނެކަން. ތިމާމެންވެސް ވަޒީފާއިން ކަނޑައި ގެއަށް ދާންޖެހޭނެ ދުވަހަކާއި ކުރިމަތިލާނޖެހިދާނެކަން. މިކަންކަން ހުއްޓަންޖެހޭ."

މިއީ އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް