ކާން ފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔުން- ރަސޫލާ (ﷺ) ގެ އަމުރުފުޅެއް!

ކާން ފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔުން- ރަސޫލާ (ﷺ) ގެ އަމުރުފުޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ކާންފެށުމުގެ ކުރިން ﷲ ގެ އިސްފުޅު ކިޔުމަކީ އެކަމަކަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ކަނޑައެޅިގެން އަމުރުފުޅު ކުރައްވަވާފައިވާ ކަމެކެވެ. މީގެ މާނައަޚީ ހަމައެކަނި 3 އިރު ކައިއުޅޭ މައި ކެއުމުގެކުރިން ބިސްމިﷲ ކިޔުމެއް ނޫނެވެ. ހަމަ ކޮންމެ ވަގުތަކު ކޮންމެ އެއްޗެއް ކައި ބޮއި ހެދި ނަމަވެސްމެއެވެ.

އިމާމް ތިރުމިޒީ، އަބޫދާވޫދު އަދި އިބްން މާޖާ ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

عن أُمُّ كُلْثُومٍ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا أَكَلَ أَحَدُكُمْ فَلْيَذْكُرْ اسْمَ اللَّهِ تَعَالَى فَإِنْ نَسِيَ أَنْ يَذْكُرَ اسْمَ اللَّهِ تَعَالَى فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ

މާނައަކީ: މާތް ﷲ ރުއްސުންލެއްވެވި އުއްމުކުލްސޫމް އާއި ޢާއިޝާ (ރޢ)ގެ ކިބައިން ރިވާވެގެންވެއެވެ. "ކީރިތި ރސޫލާ (ﷺ) ޙަދީޘްކުރެއްވެވިއެވެ. ތިއަބައިމީހުންކުރެ މީހަކު ކާން ފެށުމުގެކުރިން ﷲ ގެ އިސްމުފުޅު ކިޔާހުށިކަމެވެ. ކާންފެށުމުގެކުރިން ﷲގެ އިސްމްފުޅު ކިޔަން ހަނދާންނެތި ނުކިޔެވޭނަމަ سْمِ اللَّهِ أَوَّلَهُ وَآخِرَهُ ކިޔާހުށިކަމެވެ.

ولِمَا رَوَى عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ , فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : " يَا غُلَامُ : سَمِّ اللَّهَ , وَكُلْ بِيَمِينِك , وَكُلُّ مِمَّا يَلِيك "رواه البخاري ( 3576 ) ومسلم ( 2022)

މާނައަކީ: މާތް ﷲ ރުއްސުންލެއްވެވި ާުމަރް ބިން އަބީ ސަލްމާންގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލް (ﷺ)ގެ ބެއްލެވުމުގެދަށުގައިވާ ކުއްޖަކު ކަމުގައި ތިމާވީމެއެވެ. ތިމަންނާގެ އަތް މުޅިތަށީގައި ހޭކެއެވެ. އެހިނދު ކީރިތި ރަސޫލާ (ﷺ) ޙަދީޘް ކުރެއްވެވިއެވެ. "އޭ ދަރިފުޅާއެވެ! ކެއުމުގެ ކުރިން ﷲގެ އިސްމުފުޅުން ފަށާށެވެ. އަދި ދަރިފުޅުގެ ކަނައަތުން ކާށެވެ. އަދި ދަރިފުޅާ ތަށީގެ އެންމެ ގާތުން ކާށެވެ."

މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޞް ޢަބްދުއްލަޠީފް

ކަންކަން ހުރީ މިފަދައިން ނަމަވެސް މިއީ ގިނަ ބައަކު މިހާރަކަށް އައިސް ވަރަށް ބޮޑަށް އިހުމާލުވަމުން އަންނަ ކަމެކެވެ. ޚާއްޞަކޮށް ގިނަ ބައަކަށް ޤަބުލުކުރެވިފައި އޮންނަނީ ކާން ފެށުމުގެކުރިން ބިސްމިﷲ ކިޔުމަކީ ހަމައެކަނި ބޮޑެތި ކެއުންތައް ކާންފެށުމުގެކުރިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިއީ ހަމަ އެންމެ ކުޑައިރުންފެށިގެން ދަރިންވެސް ހޭލުންތެރި ކުރުވައި ދަރިންގެ ކިބައިގައި ކޮންމެހެންވެސް ހަރުލައްވަން ޖެހޭ އާދައެކެވެ. ބިސްމިﷲ ނުކިޔައި ކާނަމަ އެއިން އިބިލީސް ވެސް ކާނެތީއެވެ. އަދި ބިސްމިﷲ ކިޔައިގެން ކާންފަށައިފި ނަމަ އިބިލީހަށް އެއިން ނުކެވޭނެތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް