ދަރިން ތަރުބިއްޔަތުކުރުމާ ދަރިންނަށް ހެޔޮ ދުޢާ ކުރުމުގެ ޒިންމާއިން މައިންބަފައިންނަށް ސަލާމަތެއް ނުވެވޭނެ: މެފްތީ މެންކް

ދަރިން ތަރުބިއްޔަތުކުރުމާ ދަރިންނަށް ހެޔޮ ދުޢާ ކުރުމުގެ ޒިންމާއިން މައިންބަފައިންނަށް ސަލާމަތެއް ނުވެވޭނެ: މެފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އިސްލާމުން ހެދުން އަޅާގޮތަށް ހެދުން އަޅައިގެން ތިބާ އުޅޭނަމަ، ތިބާގެ ކުދި ދަރިން ވެސް އެފަދައިން ހެދުން އަޅުވާނަމަ އަދި ނަމާދުކުރުމާއި ހެޔޮ އަމަލުތައް ކުރުމުގައި ތިބާ އެކުދިންނަށް ނަމޫނާދައްކާނަމަ އެ ކުދިން ބޮޑުވެގެން ތިބާ ދައްކައިދިން ނަމޫނާގައި ސާބިތުވާނެއެވެ. އެކުދިންނަށް ލިބޭ ދަރިންނަށް ވެސް ނަމޫނާ ދައްކާ ބައަކަށްވާށެވެ.

ތިބާ ނަމާދުކުރުމުގައި ނަމޫނާ ދައްކާނަމަ ތިބާގެ ދަރިންނަށް އެކަނި ހިނގައި ގަނެވުމުގެކުރިން ސަޖިދަކުރަން ފަށާނެއެވެ. އެކަން އެނގޭ ހެއްޔެވެ؟ އެއީ ﷲ ތަޢާލާ އެކަން ރާއްވަވާފައިވާ ގޮތެވެ. ޢިބްރަތް ޙާޞިލުކޮށް އެގޮތަށް އަމަލުކުރުމުގެ މުހިންމުކަން އަންގަވައިދެއްވެވުމަށެވެ.

ދަރިން ވަކި އުމުރަކަށް ދަންދެން ތަރުބިއްޔަތުކުރުމުގެ ޒިންމާ ފުރިހައަށް އުފުލަންޖެހޭނެއެވެ. ބޮޑެތިވެ އަމުރު ނުކުރެވޭ އުމުރަށް ދިއުމުން ދަރިންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރުންމަތީގައި ސާބިތުވާންޖެހޭނެއެވެ. މައިންބަފައިން ދަރިންނަށް ހެޔޮދުޢާކުރަމުން ގެންދާނަމަ ދަރިންނަށް ރަނގަޅު ގޮތްތައް ﷲ ތަޢާލާ މިންވަރު ކުރެއްވެވުން އިތުރުވާނެއެވެ. ދަރިންނަށް އިތުރު ނިޢްމަތްތައް ﷲ ތަޢާލާ މިންވަރު ކުރައްވަވާނެއެވެ. ވީމާ ދަރިން ތަރުބިއްޔަތު ކުރުމާއި ދަރިންނަށްޓަކައި ހެޔޮ ދުޢާކުރުމުގައި މައިންބަފައިން ސާބިތުކަމާއިއެކު މަސްއޫލިއްޔަތު އަބަދުވެސް މައިންބަފައިންގެ ކިބައިގައި ދެމިއޮންނާނެއެވެ.

- މުފްތީ މެންކުގެ ދަރުސަކުން -

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް