އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުން ބުނާ ކުށްވެރިން ރާއްޖެ އަންނާނީ މިނިވަންކަމާއެކު ޤައުމީ ބަޠޮލުންގެ ގޮތުގަ: ސަމީރު

ސަރުކާރުން ބުނާ ކުށްވެރިން ރާއްޖެ އަންނާނީ މިނިވަންކަމާއެކު ޤައުމީ ބަޠޮލުންގެ ގޮތުގަ: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ޤައުމުން ބޭރުގައި ތިއްބެވި މިސަރުކާރުން ކުށްވެރިން ކަމަށް ބުނާ އެންމެން ރާއްޖެ އަންނާނީ ރިޔާސީ އިންތިޚާބަށްފަހު މިނިވަންކަމާއެކު ޤައުމީ ބަޠޮލުންގެ ގޮތުގައި ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިއަދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ރައްޔިތުންނަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ވޯޓުލައްވަން ރަށަށް ނުވަތަ ޖަލަށް އަންނަން އެންގި ނަމަވެސް އެބޭފުޅުން އެތަންތަނަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ ވޯޓުލުމަކީ އެމީހަކު ހުރިތަނެއްގައި ކުރެވެން ޖެހޭނެ ކަމެއް ކަމަށެވެ. އެކަމުގެ ހެކި ދައްކަވަމުން ސަމީރު ވިދާޅުވީ ޤައިދީންނަށް ޖަލަށް ވޯޓުލާން ނުޖައްސައި ޢާއިލާތަކާއެކު ޢާއިލާތަކުން ވޯޓުލާ ރަށު ވޯޓުފޮށްޓަށް ވޯޓުލެވޭނެ ގޮތް ހަމަ ނުޖައްސަނީ ކީއްވެ؟ ކަމާއިމެދު ސުވާލުކޮށް ވިސްނައިލުމުން އެކަނިވެސް ޖަވާބު ލިބިގެންދާނެ ކަމަށެވެ.

ސަމީރު މިއަދު ވިދާޅުވީ ޖަލުގައި ވޯޓު ފޮށި ބަހައްޓައި ޖަލުގައި ޙުކުމް ތަންފީޒުކުރާ ޤައިދީންނަށް ވޯޓުލާން ފުރުޞަތު ދެނީ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ވޯޓުލުމުގެ ހައްޤަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭން ޖެހޭ ޙައްޤަކަށްވާތީ ކަމަށެވެ. އެހެންކަމަށްވާއިރު ވޯޓުލާން ވަކިތަނަކަށް ދާން އެންގުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ސަމީރު ވިދާޅުވީ ރައިސް ޔާމީނުގެ އޯޑަރަށް ކުރާ މިފަދަ ކަންކަމުގައި ބައިވެރިވެ ރައީސް ޔާމީނުގެ އޯޑަރުތައް ތަންފީޒުކުރަނީ ފުލުހުންގެ މުއައްސަސާގައިވެސް ތިބި މަދު ބައަކު ކަމަށެވެ. އެހެންކަމުން ޤާނޫނުން ބޭރުން ކަންކަންކޮށް ރައްޔިތުންނަށް ޤާނޫނުން ލިބިދީފައިވާ ހައްޤުތައް ނިގުޅައި ގަތުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޤަނޫނާ ޚިލާފަށް މިފަދަ ކަންކަން ކުރުމުގައި ރައީސް ޔާމީނަށް އެހީތެރިވެދޭ އެންމެހައި ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވަވާނެ ކަމަށް ވެސް ސަމީރު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް