އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމް އިބްރާހީމަކީ ރައީސް ޔާމީނު ވަރަށް ބޮޑަށް ބިރުފުޅުގަންނަ ބޭފުޅެއްކަމަށް އެމަނިކުފާނު އިއުތިރާފްވެވަޑައިގެންފި: ސަމީރު

ޤާސިމް އިބްރާހީމަކީ ރައީސް ޔާމީނު ވަރަށް ބޮޑަށް ބިރުފުޅުގަންނަ ބޭފުޅެއްކަމަށް އެމަނިކުފާނު އިއުތިރާފްވެވަޑައިގެންފި: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް އިންތިޚާބަށް ކުރިމަތި ނުލެއްވޭނެ ގޮތް ހެއްދެވީ ތިމަން މަނިކުފާނު ކަމަށް ރައީސް ޔާމީނު މީގެ ދެ ރެއެއް ކުރިން ވިދާޅުވެފައިވާ ކަމަށާއި އެކަމުން އެނގިގެންދަނީ ޤާސިމް އިބްރާހީމަކީ ރައީސް ޔާމީނު ވަރަށް ބޮޑަށް ބިރުފުޅުގަންނަ ބޭފުޅެއްކަން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު ވިދާޅުވީ ރައީސް ޔާމީނު އަމިއްލަފުޅަށް އެ އިއުތިރާފްވެވަޑައިގަތީ ޤާސިމް އިބްރާހީމަކީ ރައީސް ޔާމީނު ވަރަށް ބޮޑަށް ބިރުފުޅުގަންނަ ބޭފުޅެއްކަމަށެވެ. އަދި "އެވިދާޅުވެވުނީ ވަރަށް ރީތިކޮށް ތިމަންނާއޭ ޖޫޑިޝަރީއަށް އަތް ބޭނީވެސް، ތިމަންނާއޭ ތަޙްޤީޤީ އިދާރާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަތްބޭނީ، އެވިދާޅުވަނީ ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް އަތްބާނައިގެންވެސް ތިމަންނާއޭ ކަންތައްތައް ކުރީ. އައިޖީއެމްއެޗްގަ އެޑްމިޓް ކޮށްފަ ވަނިކޮށް ޖަޖުން އެނެރުނު ޙުކުމެއް ނެރުނީވެސް ހަމަ ތިމަންނަ އަތް ބާނައިގެންނޭ. އެހެންވީމާ ފެނިގެން މިދިއައީ ރައިސް ޔާމީނު ވަރަށް ބޮޑަށް ބިރުފުޅުގަންނަ ބޭފުޅަކަށް ޤާސިމް އިބްރާހީމް ވެގެންދިއަތަން."

ސަމީރު ވިދާޅުވީ ޖޭޕީގެ ޢަލީ ވަޙީދު އާއި ނައިބް ލީޑަރު އަމީން އިބްރާހީމް އާއި އެނޫންވެސް ޖޭޕީގެ އެންމެ އިސްސަފުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންތަކެއްގެ ވޯޓުލުމުގެ ޙައްޤުވެސް ވަނީ ނިގުޅައި ގެންފައި ކަމަށެވެ.

ސަމީރު ވިދާޅުވީ އޭނާ ޤަބޫލުފުޅު ކުރައްވާ ގޮތުގައި ވޯޓުލުމުގެ ހައްޤުތައް ނިގުޅައި ގަންނަމުން މިދަނީ އިލެކްޝަންސް ކޮމިޝަން މޯލްޑިވްސް ޕޮލިސް ސަރވިސް ތެރޭގައި ހިންގަމުން ގެންދާތީ ކަމަށެވެ.

ސަމީރު ވިދާޅުވީ ފުލުހުންގެ މުއައްސަސާ މިއަދު ހިންގަމުން ގެންދަނީ ރައިސް ޔާމީން ވިދާޅުވިހައި ގޮތެއް ހަދައިގެން އެމަނިކުފާނަށް ފައިދާވާނެހައި ގޮތްތަކަށް ކަމަށެވެ. އެހެންކަމުން ޖޭޕީއަށް ވަންނަން އެދޭމީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިނަމަވެސް ފިންގަރޕްރިންޓުގެ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ސަމީރުގެ ވާހަކަފުޅު (އޯޑިއޯ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް