އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހެއްގެ ރަނގަޅުކަން ބަލަން ބަލަންޖެހޭނީ އެމިހެއްގެ ވަށައިގެންވާ އެކުވެރިންނަށް: ޑރ. ޝަހީމް

މީހެއްގެ ރަނގަޅުކަން ބަލަން ބަލަންޖެހޭނީ އެމިހެއްގެ ވަށައިގެންވާ އެކުވެރިންނަށް: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

މީހެއްގެ ރަނގަޅުކަން ބަލަން ބަލަންޖެހޭނީ އެމިހެއްގެ ވަށައިގެންވާ އެކުވެރިންނަށް ކަމަށް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދ. މީދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނު ގުޅިވަޑައިގެންފައިވަނީ ކޮން ޤައުމުތަކަކާއިއެކުގައި ކަން ވެސް ބަލަން ޖެހޭނެ ކަމަށާއި އަދި އިދިކޮޅު ފަރާތްތަކުން ގުޅިގެން އުޅެނީ ކޮން ބައަކާއި ކަމާއި އަދި ކޮން ޤައުމުތަކަކާއިކަންވެސް ބަލަންޖެހޭނެ ކަމަށެވެ.

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު އެއީ ޙަދީޘްފުޅެކެވެ. މީހެއްގެ ޙަޤީޤަތް ދެނެގަންނަން ބޭނުން ނަމަ އެމީހަކު އެކުގައި އުޅެނީ ކޮން ކަންތައްތަކެއް ކުރާ ކޮން ފަލްސަފާއަކަށް އަމަލުކުރާ ބައެއްތޯ ބެލުމަށް ޙަދީޘްގައި ވަނީ ބަޔާންކުރައްވަވައިފައެވެ.

ރައީސް ޔާމީނަށް ދ. މީދޫގަ ރައީސް ޔާމީނަށް ތާއީދު އެބައޮތްކަން އެރަށުން އެނގިވަޑައިގެންފި ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގެ އިސް އިމާމް މުޙައްމަދު ލަޠީފް އާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް މުޙައްމަދު ދީދީ ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް