ހާލުގަ ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރި ނުވިކަމަށް އިބޫ ދެއްކެވީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް: ފުލުހުން

ހާލުގަ ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރި ނުވިކަމަށް އިބޫ ދެއްކެވީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް: ފުލުހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު


ހާލުގަ ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރި ނުވިކަމަށް ވިދާޅުވެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ނ. މާޅެންދޫގައި ދެއްކެވީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ފުުލުހުން ބުނެފިއެވެ.

މީޑިއާތަކުގެ ޙާޒިރުގައި ބަޔާން އިއްވަވަމުން ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވީ ދޯންޏެއް ހާލުގައި ޖެހިގެން މިމަހުގެ 14 ވަނަ ދުވަހު އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ގުޅި ކަމަށާއި އެކަމާއި ގުޅިގެން ލޯންޗަކާއި ދޯންޏެއް (ޒިކުރާ ދޯނި) ފޮނުވައިގެން އެދޯނި އިހަވަންދޫއަށް ގެނެސް ބޭނުންކުރެވޭ ވަރަށް ދިޔަހިއްކައި ދިނުމުގައި ފުލުހުން އަމަލީ ގޮތުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ރައްޔިތަކަށް މިފަދަ ކަމެއް ކުރިމަތިވުމުން ޚިދުމަތްދޭން ފުލުހުން ފަސް ނުޖެހޭނެ ކަމަށެވެ. ފުލުހުންގެ ޚިދުމަތަށް އެދޭ އެންމެންނަށް ފުލުހުން ގެންދަނީ އެހީތެރިވަމުން ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް އެނގޭތީ މިފަދަ ވާހަކަތައް ޤަބޫލު ނުކުރާނެ ކަމަށެވެ.

ހާލުގައި ޖެހިގެން ގުޅުމުން އިތުރު ކޯލެއްކޮށް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަންތޯ ސުވާލުކުރި ކަމަށް އިބޫ ވިދާޅުވި ބަސްފުޅަށް ޝިފާން ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި މިވަގުތު ލޯންޗެއް ލިބެން ނެތް ކަމަށާއި ލޯންޗެއް ހަމަޖައްސައިފިނަމަ ދާނެ ކަމަށް ބުނިކަމަށް އިބޫ ވިދާޅުވި ވިދާޅުވުމަށް ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ނަމަވެސް ލޯންޗަކާއި ދޯންޏެއް ފޮނުވައިގެން އެދޯނި އިހަވަންދޫ ބަނދަރަށް ގެނެސް ދިޔަހިއްކައިދިނުމުގައި ފުުހުން އަމަލީ ގޮތުން އެހީތެރިވެފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި އިބޫ ވާހަކަފުޅު ދެއްކެވީ ޤަޞްދުގައި ފުލުހުން ބަދުނާމު ކުރަންކަމަށް ބަަލައި އެ މައްސަލަ ތަޙްޤީޤް ކުރާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް