ވޯޓު އޮޅުވައެއް ނުލެވޭނެ - ޤާނޫނާ ޚިލާފަށް ކުރާ ކޮންމެ ކަމެއް ރައްޔިތުން ނުކުމެ ހުއްޓުވާނެ: ޢަފީފް

ވޯޓު އޮޅުވައެއް ނުލެވޭނެ - ޤާނޫނާ ޚިލާފަށް ކުރާ ކޮންމެ ކަމެއް ރައްޔިތުން ނުކުމެ ހުއްޓުވާނެ: ޢަފީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 37 ސިކުންތު

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލާ ވޯޓު އޮޅުވައި ނުލެވޭނެ ކަމަށާއި ޤާނޫނާއި ޚިލާފަށް ކުރާ ކޮންމެ ކަމެއް ރައްޔިތުން ނުކުމެ ހުއްޓުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޙަސަން ޢަފީފް ވިދާޅުވެއްޖެއެވެ.

ބުރުނީގައި ޙަސަން ޢަފީފް ވިދާޅުވީ "ކޮންމެވެސް ގޮތަކުން" އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ބުނަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި ވޯޓުގެ ނަތީޖާ ނުކުންނާނީ ރައްޔިތުން ލާ ވޯޓާއި އެއްގޮތަށް ކަމަށެވެ.

ޙަސަން ޢަފީފް ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ ރައްޔިތުން މާޔޫސް ކުރުވައި ބިރު ދައްކަން ކަމަށެވެ. އެހެންކަމުން ޤާނޫނާއި ޚިލާފަށް ވޯޓުގެ ނަތީޖާ ނެރޭނެ ކަމަށް ދައްކާ ވާހަކަތައް އެއްވެސް މީހަކު ޤަބޫލު ނުކުރުމަށް އެދިވަދައިގަންނަވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް