އަތުގައި ނެތް ފެންވަރު ދެއްކުވުމަކީ އިބިލީސް ކުރުވާ ކަމެއް: މުފްތީ މެންކް

އަތުގައި ނެތް ފެންވަރު ދެއްކުވުމަކީ އިބިލީސް ކުރުވާ ކަމެއް: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ދެއްކުންތެރިކަމަކީ އިބިލީހުގެ ކިބައިން އަންނަ ސިފައެކެވެ. މިކަން ގިނަ މީހުންނަކަށް ނުއެނގެއެވެ. އެހެންވެ ދެއްކުންތެރިކަމަށް ލޯބިކުރެވެނީއެވެ. ދެއްކުންތެރި އަމަލުތައް ކުރުވެނީއެވެ.

ބައެއް މީހުން އެމީހުންގެ ނެތް ފެންވަރު ދައްކަން ރައްޓެހިންގެ އަތުން ހެދުމާއި ފައިވާނާއި ގަހަނާ ފަދަ ތަކެތި ހޯދައި އެތަކެތި ބޭނުންކޮށްގެން ހުރެ ފޮޓޯ ނަގައި އިންސްޓަގްރާމާއި ފޭސްބުކުގައި ހާމަކޮށް އެތަކެއްޗަކީ ތިމާގެ އަމިއްލަ ތަކެތީގެ ގޮތުގައި ދައްކައި ތިމާގެ ކިބައިގައި ނެތް ފެންވަރު ދައްކައެވެ.

އަދި އެވަރުން ވެސް ފުދެނީއެއް ނޫނެވެ. އަގުބޮޑު ފޭރާމާއި ފައިވާން ފަދަ ތަކެތި ވިއްކާ ފިހާރަތަކަށް ގޮސް އަގު ބޮޑު ހެދުން ހަރުގަނޑުން ނަގައިގެން ޗޭންޖިންގ ރޫމަށް ގޮސް އެ ހެދުން ލައި ފޮޓޯއެބަ ނަގައެވެ. ހެޔޮވަރުތޯ ބަލަން ކަމަށް ހަދައި އަގުބޮޑު ފައިވާނަށް އަރައި އެބަ ފޮޓޯ ނަގައެވެ. އަދި އެފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި ހާމަކޮށް އެމީހާގެ މުއްސަނދިކަން ދައްކަން މަސައްކަތްކުރެއެވެ.

މީސްތަކުންނޭވެ! މިފަދަ ކޮންމެ ކަމަކީ ދެއްކުންތެރި ކަމުގެ އަމަލުތަކެވެ. ދެއްލުންތެރިކަމަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. ދެއްކުންތެރިކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ސިފައެއް ނޫނެވެ. މިފަދަ ބައެއް ކަންކަން ބައެއް މީހުން ކުރަނީ އެކަންކަމުގެ ޙުކުމް ނުއެނގޭތީއެވެ. ފާފައެއްކަން ނުއެނގޭތީއެވެ.

ތަނަވަސްކަމަށް އެދޭ މީހާއަށް އޮތީ އެކަމަށް އެދި ގަދައަޅައި މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތުގައެވެ. ހުއްދަ ކުރެއްވެވި މަސައްކަތްތަކެވެ. ފުރަތަމަ ކަމެއްގެ ގޮތުން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއިއެކުގައެވެ.

ހަމަ އެއާއިއެކު ވިސްނާށެވެ! ތަނަވަސްކަން ލިބުނު ނަމަވެސް ދެއްކުންތެރިއަކަށް ވެގެން ނުވާނެއެވެ. ދެއްކުންތެރި ކަމަކީ މުސްލިމުންގެ ކިބައިގައި އެއްވެސް ވަރަކަށް ހުރެގެންވާނެ ސިފައެއް ނޫނެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް