އިބޫގެ ނެތީ ވައްކަންކުރުމާ އަނިޔާވެރިވުމުގެ ތަޖުރިބާ، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ 25 އަހަރުގެ ތަޖުރިބާ އެބަހުރި: ރޮޒައިނާ

އިބޫގެ ނެތީ ވައްކަންކުރުމާ އަނިޔާވެރިވުމުގެ ތަޖުރިބާ، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ 25 އަހަރުގެ ތަޖުރިބާ އެބަހުރި: ރޮޒައިނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގެ ނެތީ ވައްކަންކުރުމާއި އަނިޔާވެރިވުމުގެ ތަޖުރިބާ ކަމަށާއި އިބޫ އަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރޮޒައިނާ ވިދާޅުވީ އިބޫއަށް ނިޞްބަތްކޮށް ތަޖުރިބާ ނެތްކަމުގެ ވާހަކަތައް ދައްކަމުން ގެންދަނީ އިސްލާމް ދީނުގައި ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރެއްވުމުގެ ތަޖުރިބާ އެމަނިކުފާނުގެ ކިބައި ނެތުމުން ކަމަށެވެ.

"ތެދެއް ވައްކަން ކުރުމުގެ ތަޖުރިބާއެއް ނެތް، އަނޔާވެރިކަމުގެ ތަޖުރިބާއެއް ނެތް، ކޮރަޕްޝަނުގެ ތަޖުރިބާއެއް ނެތް، ޅަފިރިހެން ކުދިން ލައްވާ ތެޔޮ ދެމުމުގެ ތަޖުރިބާއެއް ނެތް، އެކަމަކު ރައްޔިތުންގެ ޚިދުމަތުގައި އިޚްލާޞްތެރިކަމާއިއެކު 25 އަހަރު ތެދުވެރިކަމާއެކު ދެމިހުންނެވުމުގެ ތަޖުރިބާ އެބަހުރި."

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ރަނިންމޭޓް ފައިޞަލް ނަސީމަކީވެސް އިޚްލާޞްތެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އިޖުތިމާއީ ޚިދުމަތްތައް ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެއްވަވާ އެހީތެރިކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް