ރައީސް ޔާމީން ތަރައްޤީ މިނެކިރުއްވަނީ އެހެން މީހުން މިނެކިރާ ގޮތަކަށް ނޫން: އިބޫ

ރައީސް ޔާމީން ތަރައްޤީ މިނެކިރުއްވަނީ އެހެން މީހުން މިނެކިރާ ގޮތަކަށް ނޫން: އިބޫ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ރައީސް ޢަބްދުﷲ ޔާމީން ޤައުމުގެ ތަރައްޤީ މިނެކިރުއްވަނީ އެހެން މީހުން މިނެކިރާ ގޮތަށް ނޫން ކަމަށާއި މުޅިން ތަފާތު ގޮތަކަށް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ މިސަރުކާރަށް މިޒަމާނުގެ ތަރައްޤީގެ ތަޢާރަފްވެސް އެނގޭކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ. "ތަހުޒީބު މުޖުތަމައުއެއްގައި ތަހުޒީބު މިނެކިރަނީ މުޅިން އެހެން ގޮތަކަށް. ލިބޭ އާމްދަނީއާ، ތަނުގަ އޮންނަ މަޞްލަހަތާ، އޮންނަ މިނިވަންކަމާ، ފުދުންތެރިކަމާ، އަދި ލިބޭ އެއްޗަކުން ދަރަނި ދެއްކޭފަދަ ކަންތައްތަކުގެ މައްޗަށް. މިއިން އެއްވެސް ކަމެއްގާ ކޮންކްރީޓާ ދަގަނޑުގެ ވާހަކައެއް ނާދޭ. ތަނުގައި ހަމަޖެހުމާއި އަމާންކަން އޮތްވަރެއްގެ މައްޗަށް ތަރައްޤީ މިނެކިރަނީ. އަޅުގަނޑުމެން ގެންނަން މިއުޅެނީ އެ ތަރައްޤީ."

އިބޫގެ ވާހަކަފުޅުގައި އެއީ ތަރައްޤީ ކަމަށް ބަޔާން ކުރެއްވެވި ކަންކަން ޙާޞިލުކުރެވޭނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެތަނެއްގައި އަދުލު އިންޞާފު އޮތް މިންވަރެއްގެ މައްޗަށްކަން ފާހަގަކުރެވެއެވެ.

އިބޫ ވިދާޅުވީ ރާއްޖެ ފަދަ ކުޑަކުޑަ ޤައުމެއް ތަރައްޤީކުރުމަކީ އެކަނި ނުކުމެ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖެ ތަރައްޤީ ކުރެވޭނީ އެހެން ފަރާތްތަކުގެވެސް އެހީތެރިކަމާއިއެކުގައި ކަމަށެވެ. އެހެންފަރާތްތަކާއިއެކު އެކުވެރިކަމާއިއެކު މަޝްވަރާކޮށް އެހެން ފަރާތްތަކާއި ވެސް ގުޅިގެން އަދި މަދަދު ހޯދައިގެން ކަމަށެވެ.

އިބޫ ވިދާޅުވީ މިއީ 21 ވަނަ ޤަރުނު ކަމަށާއި މިޤަރުނުގައި އަނިޔާވެރި ޚުދުމުޚުތާރު ވެރިންނަށް ޖާގައެއް ނެތް ކަމަށާއި ޤައުމުތަކުގައި އެގެންދަނީ އިންތިޚާބުތަކުންނާއި ރައްޔިތުން ނުކުމެގެން ނަމަވެސް ޚުދުމުޚުތާރު ވެރިންގެ ވެރިކަން ބަދަލުކުރަމުން ކަމަށެވެ. ރާއްޖޭގައިވެސް މިމަހުގެ 23 ވަނަ ދުވަހު ރައްޔިތުން ނުކުމެ ރާއްޖޭގެ ވެރިކަން ބަދަލުކުރާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް