އަލްޙަމްދު ޤަބޫލު ނުކޮށް ނަމާދެއް ނުކުރެވޭނެ - އަލްޙަމްދު ޤަބޫލުކުރާ މީހާ ސިހުރެއް ނުހައްދުވާނެ: މުފްތީ މެންކް

އަލްޙަމްދު ޤަބޫލު ނުކޮށް ނަމާދެއް ނުކުރެވޭނެ - އަލްޙަމްދު ޤަބޫލުކުރާ މީހާ ސިހުރެއް ނުހައްދުވާނެ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ނަމާދު ފުރިހަމަވަނީ އަލްޙަމްދު ކިޔައިގެންނެވެ. ހަމައެކަނި ދުލުން ކިޔުމަކުން ނުފުދެއެވެ. ނަމާދު ފުރިހަމަކުރުމަށްޓަކައި އަލްޙަމްދުގެ މާނަ ހިތުގެ އަޑިން ޤަބޫލުކޮށް އެމާނައަށް ޢަމަލުކުރަންވެސް ޖެހޭނެއެވެ.

އަލްޙަމްދު ނުވަތަ ސޫރަތުލްފާތިޙާގެ 5 ވަނަ އާޔަތުގައި ވަނީ "އަޅަމެން އަޅުކަން ކުރަނީ، ހަމައެކަނި އިނބަ ރަސްކަލާނގެ ޙަޟްރަތަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިނބަރަސްކަލާނގެ ޙަޟްރަތުންނެވެ."

ސިހުރަކީ ގުޅި ލާމެހިފައިވާ ޗޭނެއްގެ ތެރެއިން ހިންގާ މުންކަރާތެކެވެ. އަހަރެމެން ސިހުރު ހައްދަން ދަނީ މީހެއްގެ ގާތަށެވެ. ވާގި އެދެނީ އޭނާގެ ކިބައިންނެވެ. އޭނާ (ސިހުރު ވެރިޔާ) ވާގި އެދެނީ ކާފަރު ޖިންނިތަކުގެ ކިބައިންނެވެ. މިކަމާއި ގުޅިފައިވާ ބައެއް ކަންކަން މީގެ ކުރީގެ ދަރުސެއްގައިވެސް ކިޔައިދިނީމެވެ. މިރޭ ބުނެދޭން މަސައްކަތް މިކުރަނީ ސިހުރު ހެދުމުގެ ތެރެއިން ޝަރީކު ކުރެވޭ ގޮތުގެ ވާހަކައެވެ.

ކޮންމެ ކަމަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެން ﷲ އަންގަވާފައިވާއިރު ﷲ ތަޢާލާ ނޫން ފަރާތަކުން ވާގި އެދުމަކީ ޝަރީކު ކުރުމެވެ.

ސިހުރު ހެދުމާއި ސިޙުރު ހެއްދުވުމަކީ ކަނޑައެޅިގެން ހަރާމް ކަމެއްކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. އަދި ސިހުރަކީ އޮތް އެއްޗެއް ކަމާއި ސިހުރު ޖެހޭކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަން ޖެހޭނެ ކަމަށެވެ.

ސިހުރުވެރިންގެ ކިބައިން ވާގިއެދުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އަހަރެމެންނަށް ކަމެއް ބޭނުންވީމާ ވާގިއެދެން ޖެހޭނީ އިބިލީހުގެ ކިބައަކުން ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އިބިލީހުގެ ކިބައިން ކަމަކަށް އެދުމަކީ މުސްލިމަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އެކަލާނގެ ހަޟްރަތުން ވާގިއެދުމަށެވެ.

ްމިހުރިހާ ކަމަކުންވެސް އެނގެނީ ސިހުރު ހެދުމާއި ސިހުރު ހެއްދުވުމަކީ މުސްލިމެއްގެ ގޮތުގައި ހުރެ ހަމަ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫންކަމެވެ. އެހެންކަމުން އަހަރެންގެ އާދޭހަކީ ހަމަ އެކަކުވެސް ސިހުރާއި ކައިރިވެސް ނުވުމެވެ. ނުއެނގި ހުރެ ނަމަވެސް ތިއަ ކުރެވޭ ކަމަކީ ޝަރީކު ކުރުން ކަމަށްވުމަކީ އޮތް އެންމެ ބޮޑު ބިރު ކަމަށްވާތީއެވެ.

- މުފްތީ މެންކުގެ ދަރުސަކުން -

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް