އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ލޯންޗުކޮޅުގައި ގޮއްވާލި ބޮމަށް ކާހިނަކު ލައްވާ ކިޔެވި- އަދީބު

ލޯންޗުކޮޅުގައި ގޮއްވާލި ބޮމަށް ކާހިނަކު ލައްވާ ކިޔެވި- އަދީބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި މީގެ ތިން އަހަރު ކުރިން ގޮއްވާލި ބޮމަށް ކަހީނަކުލައްވާ ކިޔެވި ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

މިވަގުތު ވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމ،ުން ގެންދަވާ އަދީބުގެ ވަކީލުން މެދުވެރިކޮށް މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ "ފޭކް ބޮމަށް" ކިޔެވީ އުތުރު ތަލިފަޅުގައު ކަމަށެވެ.

"އެގޮތުން ޖެނެރަލް ޝިޔާމްގެ އޯޑަރަށް މީހަކަށް ގެއްލުން ނުވާނެގޮތަށް ކަމަށް ބުނެ ތައްޔާރު ކުރުވި 'ފޭކް ބޮމެއް' 27 ސެޕްޓެމްބަރ 2015 ގެ ރޭގައި ހިފި 'ބްލަޑް މޫން' ހަނދު ކޭތަޔާއެކީ އެބޮލަށް އުތުރު ތިލަފަޅުގައި ކާހިނެއް ލައްވާ ކިޔެވިއެވެ." ކުރީގެ ނައިބު ރައީސްގެ ބަޔާނުގައި ވެއެވެ.

ރައީސް ޔާމީން ބަލާ އައިސް އޮތް ފިނިފެންމާ ލޯންޗުގައި އެ 'ފޭކް ބޮމް'، އެއަހަރުގެ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު ހަރު ކުރި ކަމަށެވެ.

ފިނިފެންމާ ލޯންޗުކޮޅު މާލެއިން ފުރުމުގެ ކުރިން ޗެކް ކުރިއިރު ވެސް އޭގައި ބޮމެއް ނެތް ކަމަށާއި އެއަށްފަހު ބޮޑު ފާލަމަށް ލޯންޗުކޮޅު ލެފުމުން "ފިނިފެންމާ ލޯންޗުގެ ޑްރާމާ" ކުޅުން ކަމަށް ވެސް އަދީބުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީން ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި ބޮން ގޮއްވާލާފައިވަނީ، އެލޯންޗުކޮޅު މާލޭގެ އިއްޒުއްދީން ފާލަމާ ކައިރިކުރަނިކޮށް، 28 ސެޕްޓެމްބަރ 2015 ގައެވެ.

އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެކަން ޖެނެރަލް ޝިޔާމް ކުރީ މިނިސްޓަރ މޫސާ އަކީ ޖަލީލް އާއި ކާނަލް ފަޔާޒް އަދި އަދީބުގެ ބޮލުގައި އެކަން އެޅުވުމަށާއި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ޓީމަށް މެސެޖެއް ދިނުމަށް ކަމަށެވެ.

ކުރީގެ ނައިބު ރައީސް ގެ މިބަޔާނާއި ގުޅޭގޮތުން ރައީސް ޔާމީންގެ ބަހެއް ލިބޭތޯ އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒާއި އަދި ގުޅޭގޮތް ނުވުމުން، މިކަމާއި ގުޅޭގޮތުން އެމަނިކުފާނުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ